logoEN
Sto top
ސުން ރޭޓު ޑިއުޓީގައި އެކްސްޕޯޓުކުރާ ދިވެހި ކަނޑުމަހުން ޗައިނާގައި މަސްދަޅު އުފައްދައިފި

ސުން ރޭޓު ޑިއުޓީގައި އެކްސްޕޯޓުކުރާ ދިވެހި ކަނޑުމަހުން ޗައިނާގައި މަސްދަޅު އުފައްދައިފި

އަހުމަދު ޝުރާއު

logo

7/5/2025, 1:58:45 PM

# ޗައިނާ - ރާއްޖެ

-

ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ކަނޑުމަސް ބޭނުންކޮށްގެން ޗައިނާގެ ކުންފުންޏަކުން ދަޅުމަސް އުފައްދައިފިއެވެ.

Wamco

މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކަނޑުމަހުން މަސްދަޅު އުފައްދާފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ވެއިހައި ކިޔުޒީ ބްލޫސީ ފުޑްސް ކޮންޕެނީ ލިމިޑެޓްއާއި ޖިންގް ވެއިޑާއޯ ބްރޭންޑް ގުޅިގެން ކަމަށެވެ.

އަދި މި މަސްދަޅު އުފެއްދުން ފާހަގަކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ޗައިނާގައި ބާއްވާފައިވާ ކަމަށާއި އެ ކުންފުނިން އުފެއްދި ދަޅު މަސް ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފަޒީލް ނަޖީބަށް އަރުވާފައި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މިކަމަކީ ރާއްޖެ - ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދިޔަ މަގެއްކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މި އެއްބަސްވުމާއިއެކު ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީ ސުންރޭޓަށް ދަށްވެފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކުގެ ޑިއުޓީ މައާފްވެގެންދިއުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެޅުއްވެވި ހަރުދަނާ ފިޔަވަޅެއްކަމަށާއި މީގެ ސަބަބުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް އިތުރު އައު މާކެޓްތައް ހުޅުވި ރާއްޖޭގެ މަހުގެ އަގު އުފުލި ޑިމާންޑް އިތުރުވެގެންދާނެކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ރާއްޖޭން ބާނާ މަސް ބޭރަށް އެކްސްޕޯޓްކޮށް ތައިލެންޑާއި އެހެން ބައެއް ގައުމުތަކުގައި މީގެ ކުރީން ވެސް ދަޅުގައި ބަންދުކޮށް އެކި މާކެޓްތަކަށް ނެރެފައި ވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside