ެިއިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ވެމްކޯ އިން ހޯދައިފި
# ދިވެހި ކުޅިވަރު # ވަން ގޭމް އިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތް 2025ވެމްކޯގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
މިހާރު ކުރިއަށްދާ "އިންޓަ އޮފީސް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ އަންހެން ޑިވިޝަން ފައިނަލުގައި މިރޭ 2-0 ގެ ނަތީޖާއަކުން ސްޓެލްކޯ ބަލިކޮށް މުބާރާތުގެ ޗެންޕިއަންކަން ވެމްކޯ އިން ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން ވެމްކޯ ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ކަސްޓަމްސް ބަލިކުރުމަށްފަހު އެވެ. އަދި ސްޓެލްކޯ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން މްޕީއެލް ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓް އެޓީމުން ކާމިޔާބުކުރީ 15 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 4-19 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ސްޓެލްކޯ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ
ނަތީޖާއެއްގެ ގޮތުން ދެޓީމުގެ ފަރާތުން މެޗުގެ ދެވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ވެމްކޯ އިން ކާމިޔާބުކުރީ 16-17 ގެ ނަތީޖާއަކުންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ފާތިމަތު ޖުނާ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ފާތިމަތު ޖުނާ(ވެމްކޯ)، ފިރުޝާނާ ނަސީރު (ވެމްކޯ)، ޖޫޒަން ޒަރީރު (އެމްޕީއެލް) އަދި ފާތިމަތު ލީމް ބިންތު ޔާސިރު (ސްޓެލްކޯ) އެވެ. އަދި މުބާރާތުގެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އައުޝާ ނޫރުލް ސޮބާހު ( ޓްރާންސްޕޯޓް މިނިސްޓްރީ) އެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެމްކޯގެ ފާތިމަތު ޖުނާ ހޮވުނުއިރު، ސަޕޯޓަރުންގެ ވޯޓުން ހޮވި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އައުޝާ ނޫރުލް ސޮބާހު އެވެ.
23 ޖޫން 2025 އިން 3 ޖުލައި 2025 ގެ ނިޔަލަށް ، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު 12 ޓީމަކުން ބައިވެރިވެފައިވާއިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ވަނީ ލިބިފައެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ވަން ގޭމް ގުޅިގެން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް، ތުޅާދޫ ޔަންގް އީގަލް ކުލަބު އަދި ބޮޓެނިކަލް ގާޑަން ހިމެނޭއިރު، މުބާރާތުގެ ގޯލްޑް ސްޕޮންސަރއަކަށް ކޯޓަޔާޑް ގެސްޓްހައުސް އަދި ސިލްވާ ސްޕޮންސަރ އަކަށް އޮން ޕްލަސް ނެކްސޯރ ވަނީ ހަމަޖައްސާފައެވެ.
މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކަށް ރީލޯޑް ބައި ކެއަރޕްލަސް ހަމަޖައްސާފައިވާއިރު، ހައިޑްރޭޝަން ޕާޓްނަރަކީ ބޮން އަކުއާ މޯލްޑިވްސް އެވެ.
މީގެ އިތުރުން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ. އަދި ކްލީން ޕާޓްނަރއަކަށް ވެމްކޯ ހަމަޖައްސާފައިވާއިރު، އެންޓަރޓެއިންމަންޓް ޕާޓްނަރަކީ ކަންނެއީ ބާ އެވެ. އަދި ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި މޫކައި ހޮޓެލްސް އަދި ޑަޔާނާ ޓްރޭޑިންގ ހަމަޖައްސާފައިވާއިރު، ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީ އެވެ. އަދި އޮފިޝަލް ޑީޖޭ ޕާޓްނަރަކީ ޑީޖޭ މައުއްޓެ އެވެ.
ގުޅުންހުރި

ސީދާ ދެ ސެޓުން ކޭއެސްއޭ ޖޫނިއަރ ބަލިކޮށް ކޭއެސްއޭ އިން ސެމީގެ އުންމީދު އައުކޮށްފި

ރޯޔަލް ސިޓީ ބަލިކޮށް އޮޑިން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި
.jpg&w=3840&q=75)
ޔާނާގެ 13 ލަނޑާއެކު ކޭއެސްއޭ ޖޫނިއަރ އަތުން އޭއެލްޓީއަށް ފަސޭހަ މޮޅެއް
