logoEN
Sto top
ެިއިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން އެމްޕީއެލް އިން ހޯދައިފި

ެިއިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން އެމްޕީއެލް އިން ހޯދައިފި

ހަސަން ޝަމްއޫން

logo

7/3/2025, 4:30:51 PM

# ވަން ގޭމް އިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު

އެމްޕީއެލްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

މިހާރު ކުރިއަށްދާ "އިންޓަ އޮފީސް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ފައިނަލުގައި މިރޭ ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ވެމްކޯ ބަލިކޮށް އެމްޕީއެލް އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

Wamco

މުބާރާތުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީފައިނަލް ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ބީސީސީ ބަލިކުރުމަށްފަހު އެވެ. އަދި އެމްޕީއެލް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން އެމްއެންޑީއެފް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ސެޓްގައި މޮޅަށް ކުޅެ އެމްޕީއެލް އިން މެޗު ޑޮމިނޭޓްކުރިއިރު މިސެޓް އެޓީމުން ކާމިޔާބުކުރީ ހަ ޕޮއިންޓްގެ ލީޑަކާއެކު 22-16 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ވެމްކޯގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އެމްޕީއެލް އިން ކާމިޔާބުކުރީ ދެ ޕޮއިންޓްގެ ލީޑަކާއެކު 22-24 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްޕީއެލްގެ އަހުމަދު ޝާނީޒް އެވެ.

މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އަހުމަދު ރަޒުނީ މުހައްމަދު(ވެމްކޯ)، އަހުމަދު ޝާނީޒް (އެމްޕީއެލް)، އަހުމަދު ރައުލް އައްސަދު (ވެމްކޯ) އަދި އަހުމަދު އިނާޝް (އެމްޕީއެލް) އެވެ. އަދި މުބާރާތުގެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ލަހުފާން އަހުމަދު ޝަމީމް ( އެމްއައިބީ ) އެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އެމްޕީއެލްގެ އަހުމަދު ޝާނީޒް ހޮވުނުއިރު، ސަޕޯޓަރުންގެ ވޯޓުން ހޮވި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބީސީސީގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ. އަދި މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމަކަށް ހޮވުނީ ފަހި ދިރިއުޅުން ކޯޕަރޭޝަން އެވެ.

23 ޖޫން 2025 އިން 3 ޖުލައި 2025 ގެ ނިޔަލަށް ، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު 11 ޓީމަކުން ބައިވެރިވެފައިވާއިރު، މި ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ގުޅިގެން ވަން ގޭމް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް، ތުޅާދޫ ޔަންގް އީގަލް ކުލަބު އަދި ބޮޓެނިކަލް ގާޑަން ހިމެނޭއިރު، މުބާރާތުގެ ގޯލްޑް ސްޕޮންސަރއަކަށް ކޯޓަޔާޑް ގެސްޓްހައުސް އަދި ސިލްވާ ސްޕޮންސަރ އަކަށް އޮން ޕްލަސް ނެކްސޯރ ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކަށް ރީލޯޑް ބައި ކެއަރޕްލަސް ހަމަޖައްސާފައިވާއިރު، ހައިޑްރޭޝަން ޕާޓްނަރަކީ ބޮން އަކުއާ މޯލްޑިވްސް އެވެ.

މީގެ އިތުރުން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ. އަދި ކްލީން ޕާޓްނަރއަކަށް ވެމްކޯ ހަމަޖައްސާފައިވާއިރު، އެންޓަރޓެއިންމަންޓް ޕާޓްނަރަކީ ކަންނެއީ ބާ އެވެ. އަދި ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި މޫކައި ހޮޓެލްސް އަދި ޑަޔާނާ ޓްރޭޑިންގ ހަމަޖައްސާފައިވާއިރު، ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީ އެވެ. އަދި އޮފިޝަލް ޑީޖޭ ޕާޓްނަރަކީ ޑީޖޭ މައުއްޓެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside