
-
އުފަންވާ ކުދިންގެ އާބާދީ އިތުރު ކުރުމަށްޓަކައި ދަރިމައިވުމުގެ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.

ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ ސްޓޭޓް އޮފް ދި ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓް ނެރުމަށް މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، މިމައްސަލަ ހައްލުކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.
އަދި މި މައްސަލަގައި ދިމާވާ ގޮންޖެހުންތަކަށް ރިޢާއަތްކޮށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްޓޭޓް އޮފް ދި ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓަކީ ޔުނައިޓެޑް ނޭޝަން ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ދުނިޔޭގެ އާބާދިއަށް އަންނަ ބަދަލުތަކާއި މިކަމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައިގެން ކޮންމެ އަހަރަކު އެއްފަހަރު ނެރޭ ރިޕޯޓެކެވެ. އަދި މިރިޕޯޓްގައި ދެމެހެއްޓެނިވި ތަރައްޤީއާއި، ދަރިމައިވުމުގެ ސިއްޙަތާއި، އިންސާނީ ޙައްޤުތަކާއި، މީންތީގެ ހަމަހަމަން އަލިއަލުވާލާފައިވެއެވެ.
ގުޅުންހުރި

މަޖިލީހުގައި ވަޒީރު ޤީލާ ދެއްވީ ހިމަބިހި ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކުގެ ޔަގީންކަން!

ނަފްސާނީ ފުރަތަމަ އެހީ ދޭން ދަސްކޮށްދޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

"ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި




