logoEN
Sto top
ފަސޭހަކަމާއެކު ބީސީސީ ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ވެމްކޯ އިން ހޯދައިފި

ފަސޭހަކަމާއެކު ބީސީސީ ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ވެމްކޯ އިން ހޯދައިފި

ހަސަން ޝަމްއޫން

logo

7/2/2025, 4:15:51 PM

# ވަން ގޭމް އިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ދިވެހި ކުޅިވަރު

ވެމްކޯ އާއި ބީސީސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް

މިހާރު ކުރިއަށްދާ "އިންޓަ އޮފީސް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ސެމީފައިނަލް ފުރަތަމަ މެޗުގައި ވެމްކޯ އާއި ބީސީސީ ވާދަކުރި މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ވެމްކޯ އިން ހޯދައިފިއެވެ.

Wamco

މުބާރާތުގެ ސެމީފައިނަލުން ވެމްކޯ ޖާގަ ހޯދީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން އެމްއައިބީ ބަލިކުރުމަށްފަހު އެވެ. އަދި ބީސީސީ ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން އެމްޓީސީސީ ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ސެޓްގައި މޮޅަށް ކުޅެ ވެމްކޯ އިން މެޗު ޑޮމިނޭޓްކުރިއިރު މިސެޓް ވެމްކޯ އިން ކާމިޔާބުކުރީ ހަތް ޕޮއިންޓްގެ ލީޑަކާއެކު 9-16 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ބީސީސީގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ވެމްކޯ އިން ކާމިޔާބުކުރީ ދެ ޕޮއިންޓްގެ ލީޑަކާއެކު 22-24 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އަހުމަދު ރައުލް އައްސަދު އެވެ.

23 ޖޫން 2025 އިން 3 ޖުލައި 2025 ގެ ނިޔަލަށް ، ހުޅުމާލޭގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު 11 ޓީމަކުން ބައިވެރިވެފައިވާއިރު، މި ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި 11 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ގުޅިގެން ވަން ގޭމް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް، ތުޅާދޫ ޔަންގް އީގަލް ކުލަބު އަދި ބޮޓެނިކަލް ގާޑަން ހިމެނޭއިރު، މުބާރާތުގެ ގޯލްޑް ސްޕޮންސަރއަކަށް ކޯޓަޔާޑް ގެސްޓްހައުސް އަދި ސިލްވާ ސްޕޮންސަރ އަކަށް އޮން ޕްލަސް ނެކްސޯރ ވަނީ ހަމަޖައްސާފައެވެ.

މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކަށް ރީލޯޑް ބައި ކެއަރޕްލަސް ހަމަޖައްސާފައިވާއިރު، ހައިޑްރޭޝަން ޕާޓްނަރަކީ ބޮން އަކުއާ މޯލްޑިވްސް އެވެ.

މީގެ އިތުރުން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ. އަދި ކްލީން ޕާޓްނަރއަކަށް ވެމްކޯ ހަމަޖައްސާފައިވާއިރު، އެންޓަރޓެއިންމަންޓް ޕާޓްނަރަކީ ކަންނެއީ ބާ އެވެ. އަދި ސަޕޯޓިންގ ޕާޓްނަރުންގެ ގޮތުގައި މޫކައި ހޮޓެލްސް އަދި ޑަޔާނާ ޓްރޭޑިންގ ހަމަޖައްސާފައިވާއިރު، ހޯސްޓިންގ ޕާޓްނަރަކީ އެޗްޑީސީ އެވެ. އަދި އޮފިޝަލް ޑީޖޭ ޕާޓްނަރަކީ ޑީޖޭ މައުއްޓެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside