
--
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދުގެ 14:00 އިން ފެށިގެން ހަވީރު 17:30 ގެ ނިޔަލަށެވެ.
މުޅި ރާއްޖެއަށް ހުދު ސަމާލު ނެރުނީ އުދަ އަރާނެ ކަމަށް ލަފާކޮށެވެ. އެގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފާއިތުވި 3 ދުވަހުގެ ތެރޭގައި ރާއްޖޭގެ އުތުރުާއި މެދު ރާއްޖެ ތެރެއަށް ވަރަށް ބޮޑަށް މޫސުން ވަނީ ގޯސްވެފައި އެވެ. އެގޮތުން ރެއާ ހަމައަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވިއްސާރާކޮށްފައިވާއިރު މޫސުމާއި ބެހޭ އިދާރާއިން އެސަރަހައްދޔތަކަށް ހުދު ސަމާލުވެސް ވަނީ ނެރެފައި އެވެ.
އަދި މި ދުވަސްވަރު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވާއިރު ފާއިތުވި ދެ ދުވަހު ވެރިރަށް މާލެއަށްވެސް ވަރަށް ބޮޑަށް އުދައިގެ އަސަރު ވަނީ ކޮށްފައި އެވެ.