logoEN
WAMCO TOP 1
40 މޭލަށް  ވައިގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ހުދު ސަމާލު!

40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ހުދު ސަމާލު!

އަހުމަދު ޝުރާއު

logo

5/16/2026, 1:47:34 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި އެވެ.

THE TRAVELLER AD

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް މިއަދުގެ 18:45 އިން މިރޭގެ 01:30 އާއި ހަމައަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިދިޔަ އާދީއްތަ ދުވަހު ވަނީ ވަނީ ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެއިދާރާއިން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކަމަށާއި ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މެއި މަހުން ށިގެން، ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށެވެ.

އަދި ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި، މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް، ފަށާ ކަމަށާއި އަދި އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު. މޫސުން ފެށިގެންދާ ކަމަށެވެ.

މެޓް އިން މައުލޫމާތު ދޭގޮތުގައި މި އަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް، ފެށިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހެވެ.

ކޮމެންޓް
ފަހުގެ
HDC