
ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް 'ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް' ބާއްވައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 'ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް' ނަމުގައި ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފި އެވެ.

ލ އަތޮޅުގައި ކުރިދިޔަ މި ފެސްޓިވަލްގައި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ އަދި އަދި ޕްލާސްޓިކް މަދުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ ބާރުއަޅާފައެވެ.
މި ފެސްޓިވަލް ބާއްވާފައިވަނީ އިންޓަރެކްޓިވް މައުރަޒުތަކާއި، މުޖުތަމަޢު ބައިވެރިކޮށްގެން، ޕްލާސްޓިކްގެ ނުރައްކަލުން ތިމާވެށި ސަލާމަތްކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުންނެވެ.
މި ފެސްޓިވަލްގައި، ޒަމާނީ ފަންނުވެރިކަން ބޭނުންކޮށްފައިވާ އިންޓަރެކްޓިވް މައުރަޒުތަކުގެ ތެރެއިން، ޕްލާސްޓިކްގެ ބޭނުން ކުޑަކުރުމުގެ މުހިންމުކަމާއި، އެކި ބާވަތްބާވަތުގެ ޕްލާސްޓިކް ރީސައިކަލްކުރުމުގެ ފުރުސަތުތައް ވަނީ ދައްކާލާފައެވެ. މީގެ އިތުރުން، ޕްލާސްޓިކްގެ ބަދަލުގައި ބޭނުންކުރެވިދާނެ ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ވެސް މި ފެސްޓިވަލުން ވަނީ ފެނިގެން ގޮސްފައެވެ. މުޖުތަމަޢުގެ އެކި ފެންވަރުގެ މީހުންނަށް އަމާޒުކޮށްގެން ބޭއްވުނު މި ހަރަކާތްތަކުގެ ތެރެއިން، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޕްލާސްޓިކްގެ މައްސަލަތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ލިބިފައިވެއެވެ.
މި ފެސްޓިވަލަކީ، ދެމެހެއްޓެނިވި، ޕްލާސްޓިކް ނެތް މުސްތަޤްބަލެއް ބިނާކުރުމަށް ސަރުކާރުން އަޅުއްވާ ވަރުގަދަ އަޒުމާއި، މުޖުތަމަޢު ބާރުވެރިކުރުމަށް ދެއްވާ ސަމާލުކަން ދައްކުވައިދޭ ހެއްކެއް ކަމަށާއި ޕްލާސްޓިކްގެ މައްސަލައަކީ އެކަނި މީހަކަށް ހައްލުކުރެވޭނެ މައްސަލައެއް ނޫން ކަމަށް މި ފެސްޓިވަލުން ހާމަވެގެންގޮސްފައިވާ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެއެވެ.
ގުޅުންހުރި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް 'ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް' ބާއްވައިފި

މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އަންނަ މަހު!

ޕްލާސްޓިކް މަދުކުރުމުގެ ބައިނަލްއަޤްވާމީ މުއާހަދާއަކަށް ރާއްޖެއިން ތާއީދުކޮށްފި
