logoEN
Sto top
މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އަންނަ މަހު!

މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އަންނަ މަހު!

އަހުމަދު ޝުރާއު

logo

6/19/2025, 12:47:15 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

ޤައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" ގެ ތައްޔާރީތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

Wamco

މި މަހާސިންތާ އަކީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ޙަރަކާތެކެވެ.

މި މަހާސިންތާގެ ތައްޔާރީތައް ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދުހެނދުނުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމްއެވެ.

މި މަހާސިންތާއަކީ ވަރލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަހާސިންތާއެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި މަހާސިންތާއަކީ ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

މި މަހާސިންތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ލަފާކުރެއެވެ. މީގެ ތެރޭގައި ސަރުކާރުގެ އިސް ވެރިންނާއި، ތިމާވެށްޓާ ގުޅުންހުރި ޖަމްޢިއްޔާތަކުގެ މެންބަރުން، އަދި ބައިނަލްއަޤްވާމީ ފަންނީ މާހިރުން ހިމެނެއެވެ.

މި މަހާސިންތާގެ ތައްޔާރީތައް ފެށުމާއެކު، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މިކަމާ ގުޅުންހުރި އެކި ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ކުނި ނައްތާލުމުގެ ޚާއްޞަ ކެމްޕޭންތައް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside