logoEN
Sto top
ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް މެނޭޖްކުރުމަށް ޔޫކޭއިން ދޭ އެހީތެރިކަމަށް ރާއްޖޭގެ ޝުކުރު!

ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް މެނޭޖްކުރުމަށް ޔޫކޭއިން ދޭ އެހީތެރިކަމަށް ރާއްޖޭގެ ޝުކުރު!

އަހުމަދު ޝުރާއު

logo

6/10/2025, 10:26:00 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް މެނޭޖްކުރުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ރާއްޖެއިން ޝުކުރުއަދާކޮށްފި އެވެ.

Wamco

މިކަން ރާއްޖޭގެ ފަރާތުން ފާހަގަކުރެއްވީ ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމްއާއި ޔޫކޭގެ ޚާއްޞަ މަންދޫބު މިސް ރުތު ޑޭވިސްއާ ދެމެދު ކުރިޔަށް ދިޔަ ޚާއްސަ ބައްދަލުވުމެއްގައި އެވެ.

މި ބައްދަލުވުން އޮތީ މިހާރު ފްރާންސްގެ ނިސް ސިޓީގައި ފެށިގެން ކުރިޔަށްދާ އ.ދ.ގެ އޯޝަން ކޮންފަރެންސް 2025 ގެ ހަވާސާގައި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވަނީ ޔޫކޭ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް މެނޭޖްކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ދާއިރާތަކުން ދެމުންގެންދާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރެއްވި އެވެ.

އަދި މިނިސްޓަރ ޠާރިޤް މިފަދަ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފްރާންސްގައި ކުރިއަށްދާ ޔޫއެން އޯޝަން ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ވެރިންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގަންނަވައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside