logoEN
Sto top
ރ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ރ އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އަހުމަދު ޝުރާއު

logo

6/26/2025, 9:04:54 AM

# އާރްޓީއެލް

--

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޒޯން 2 ގެ ރ. އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

Wamco

އެމްޓީސީސީން މިއަދު ބުނީ ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓ.ީއެލް) ފެރީ ޚިދުމަތް ފެށިގެން ދިއުމާއެކު އެއަތޮޅުގެ ރައްޔިތުންނަށް އިގްތިސޯދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި ރައްޔިތުން ރަށު ބަންދުން ވީއްލި ދަތުރުފަތުރުގެ އިންޤިލާބީ އާ ބާބެއް ފެށިގެން ގޮސްފައިވާ ކަމަށެވެ.

މިއަދު ރަސްމީކޮށް ދަތުރުފެށުމާއި އެކު އަންނަ މަހުގެ 2 ގެ ނިޔަލަށް އެއް ހަފުތާގެ މުއްދަތަށް އާރްޓީއެލްގެ ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމާއެކު ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ހަރުދަނާކުރުމެވެ. މި މުއްދަތުގައި ދަތުރުކުރެއްވުމަށް ޖާގަ ހޯއްދެވުމަށް ގުޅުއްވާނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.

3 ޖުލައި 2025 އިން ފެށިގެން ޒޯން 2 ގެ ރ. އަތޮޅުގެ އާރްޓީއެލްގެ ފެރީ ޚިދުމަތުން ފައިސާ ނަަގަން ފަށާއިރު ރަސްމީކޮށް އަގު ނަގައިގެން ޚިދުމަތް ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެވެ. އަދި އެދުވަހުން ފެށިގެން ކަސްޓަމަރުން ޓިކެޓް ބައްލަވައިގަތުމަށް ބޭނުންކުރައްވާނީ އެ ކުންފުނިން އެކަމަށް ހާއްޞަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް ކަމަށް އެކުންފުނީން ބުނެއެވެ.

އެމްޓީސީސީން އިތުރަށް ބުނީ ރަސްމީކޮށް އަގުނަގައިގެން ޚިދުމަތް ދޭން ފެށުނުކަމުގައި ވީނަމަވެސް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގައި ރަޖިސްޓްރީ ވެފައިވާ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

އާރްޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންނަށް އަރާމުކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އަދި އާރްޓީއެލް އުޅަނދުތަކުގެ ކައްޕިންނާއި ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ހާއްޞަ ތަމްރީންތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ. މި އުޅަނދުތަކުގައި ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްޞަ ކުރެވިފައިވާ ވީލްޗެއަރ ޖާގަ އާއި ސްޓްރެޗަރ ޖާގަވެސް ހުންނާނެއެވެ.

ޒޯން 2 ގެ ރ. އަތޮޅުގެ އާރްޓީއެލްގެ ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރްޓީއެލް ބްރޭންޑްގެ 2 ސްޕީޑް ފެރީ މެދުވެރިކޮށް، 6 ރޫޓަކުން ލިބިވަޑައިގަންނަވާނެއެވެ. އާރްޓީއެލް ފެރީ ޚިދުމަތުގެ ޝެޑިއުލް އާރްޓީއެލް ވެބްސައިޓު އަދި ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެއެވެ. އަދި ޚިދުމަތާބެހޭ އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުނަމަ އެކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް ވަނީ އެދިފައި އެވެ.

އާރްޓީއެލްގެ ޚިދުމަތް ރ. އަތޮޅުގައި ފެށުމަށްފަހު ޖުމުލަ 10 އަތޮޅެއްގައި މިހާރު އަންނަނީ ދެމުންނެވެ. އެއ،ީ ޒޯން 1 ގެ ހއ،. ހދ،. ށ. އާއ،ި ޒޯން 2 ގެ ނ،. ރ. ޅ. އާއ،ި ޒޯން 5 ގއ،. ގދ. އަދި ޒޯން 6 ގެ ޏ،. ސ. އަތޮޅެވެ.

ހަަމައެހެންމެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ލަފާގެ މަތީން ބާކީ 10 އަތޮޅުގައިވެސް އާރްޓީއެލް ޚިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC