
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންކަމުގެ ޒިންމާ އުފުލަން ޖެހޭނީ އިސްރާއީލުން ކަމަށް ގަތަރުން މިރޭ ބުނެފި އެވެ.

ގަތަރުން މިފަދައިން ބުނެފައިމިވަނީ އިސްރާއީލުގެ ބަހަށް އެމެރިކާއިން އިރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ވައިގެ ހަމަލާގެ ބަދަލު ހިފުމަށް އިރާނުން ގަތަރުގެ ފަސްގަނޑަށް ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ. އެގޮތުން އިރާނުން މިރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ އަލް އުދީދު ބޭސްއަށް މިސައިލް ހަމަލާތަކެއް ދީފައި އެވެ.
މި ހަމަލާއަށްފަހު ގަތަރުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ މެދުއިރުމަތީގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުން އަންނަކަން ގަތަރުން ތަކުރާރުކޮށް ބުނަމުން ދިޔަ ދިޔަ ކަން ފާހަގަކުރައްވާފައި އެވެ. އެގޮތުން މެދު އިރުމަތީގެ މަސްލަހަތު ނަގާލީ އިސްރާއީލުކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ މިއަދު އޮތް ހާލަތަށް މެދު އިރުމަތީގެ ހާލަތު ދިޔައީ ލުބުނާނާއި ، ސީރިއާ، އިރާން، ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ކަމަށެވެ.
މިއާއިއެކު ގަތަރުން ވަނީ މެދުއިރުމަތީގެ ސުލްހަމަސަލަސްކަން ގާއިމްކުރުމަށް ހުރިހާ ފަރާތްކަށް ގޮވާލާފައި އެވެ.
މެދުއިރުމަތީގައި ހުރި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސްކަމަށްވާ އުލް އުދޫދަކީ ގަތަރުގެ ދޯހާގެ ހުޅަނގު ދެކުނުގައި ހުންނަ އަސްކަރީ މަރުކަޒެކެވެ.އެތަނަށް އިރާނުން މިއަދު ދިން ހަމާލާތައް ހުއްޓުވީ ގަތަރުގެ އަސްކަރިއްޔާއިންނެވެ. މި ހަމަލާތަކާއިއެކު މެދުއިރުމަތީގެ ހާލަތަު ގޯސްވާނެ ކަމަށް ބެލެވުނު ނަމަވެސް އެމެރިކާގެ ރައީސް ޓްރަމްޕު މިހާރު ވަނީ އިތުރު ހަމަލާތަކެއް އިރާނަށް ނުދޭނެކަން ނުސީދާކޮށް އިއުލާނުކުރައްވާފައި އެވެ.