
ޔަހޫދީން ގަތަރަށް ދިން ނިރުބަވެރި ހަމަލާއިން ހަމާސްގެ ވަފުދު ސަލާމާތްވެއްޖެ: ނަތަންޔާހޫގެ ރޭވުން ނާކާމިޔާބު!
# ގަތަރުހަމާސްގެ ވަފުދަށް އަމާޒުކޮށް ޔަހޫދީން ގަތަރަށް ދިން ހަމަލާ ނާކާމިޔާބުވެފައިވާކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.

އިތުބާރުހުރި މަސްދަރަކާއި ހަވާލާދީ ރޮއެޓާސްއިން ރިޕޯޓުކުރާ ގޮތުގައި ދޯހާގައި ކުރިޔަށްދާ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާގައި ބައިވެރިވާ ހަމާސްގެ ވަފުދު އިސްރާއީލުގެ ހަމަލާއިން ވަނީ ސަލާމާތްވެފައި އެވެ.
ރޮއެޓާސްއިން މިކަން ރިޕޯޓުކުރި އިރު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދި ދެންމެ އަކު ވަނީ ގަތަރަށް ހަމަލާދިނީ އޭނާގެ އޯޑަރަށް އިސްރާއީލުގެ އަސްކަރިއްޔާއިން ކަމަށް ހާމަކޮށްފައެވެ. އަދި ހަމަލާ އަމާޒުކުރީ ހަމާސްގެ އެންމެ އިސް ޓެރަރިސްޓުންނާއި ދެކޮޅަށް ކަމަށާއި އެއީ ހަމައެކަނި އިސްރާއީލުގެ ބާރުތަކުން ހިންގި އޮޕަރޭޝަނެއް ކަމަށް އޭނާ ވަނީ ބުނެފައި އެވެ.
ނަމަވެސް މި ހަމަލާގައި ހަމާސްގެ ދެ އޮފިޝަލަކު އަވަހާރަވެފައިވާކަމަށް މެދުއިރުމަތީގެ ހަބަރުތައް ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ދަނީ ރިޕޯޓުކުރަމުންނެވެ. ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރާ ގޮތުގައި ގަތަރުގެ ދޯހާގައި ހުންނަ ހަމާސްގެ އޮފިޝަލުން ދިރިއުޅޭ ގެއަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަމާސްގެ ލީޑަރެއްގެ ދަރިކަލުން އާއި އޭނާގެ އޮފީސް ޑިރެކްޓަރު ވަނީ އަވަހާރަވެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީންގެ ހަމަލާގެ ސީދާ އަމާޒަކީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯއަށް ނިސްބަތްވާ އަދި ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގެ އިސްވެރިޔާ ޚަލީލް އަލް ހައްޔާ އެވެ. އަވަހާރިވިކަމަށް ގުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކުރަމުންދަނީ ޚަލީލް އަލް ހައްޔާގެ ދަރިކަލުން، ހުމާމް އެވެ.
ގުޅުންހުރި

އެމެރިކާއިން ބުނަނީ ހަމަލާ ދިނުމުން ކުރީން އެމައުލޫމާތު ގަތަރަށް ދިން ކަމަށް: ގަތަރުން ބުނަނީ އެއީ ދޮގެއް ކަމަށް!

ހަމަލާދޭން އުޅޭކަން އެނގުނު، ގަތަރުގެ ފަސްގަނޑުގައި ދެން އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ގަތަރުގެ އަމީރަށް ޓްރަމްޕު ދީފި - އެމެރިކާ

އިސްރާއީލުން ދޯހާއަށް ދިން ހަމަލާގައި ގަތަރުގެ ސަލާމަތީ ބާރުގެ މެމްބަރަކު މަރުވި - ގަތަރު
