logoEN
Sto top
އިސްރާއީލުން ދޯހާއަށް ދިން ހަމަލާގައި ގަތަރުގެ ސަލާމަތީ ބާރުގެ މެމްބަރަކު މަރުވި - ގަތަރު

އިސްރާއީލުން ދޯހާއަށް ދިން ހަމަލާގައި ގަތަރުގެ ސަލާމަތީ ބާރުގެ މެމްބަރަކު މަރުވި - ގަތަރު

އަހުމަދު ޝުރާއު

logo

9/9/2025, 5:23:38 PM

# ގަތަރު

-

އިސްރާއީލުން ދޯހާއަށް މިއަދު ވައިގެ މަގުން ދިން ހަމަލާގައި އެގައުމުގެ ސަލާމަތީ ބާރުތަކުގެ މެމްބަރަކު މަރުވެފައިވާ ކަމަށް ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.

Wamco

ގަތަރުގެ ދާހިލީ ކަންކަމާއި ބެހޭ ވުޒާރާއިން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ދޯހާއަަށް ދިން ހަމަލާގައި އެގައުމުގެ ސަލާމަތީ ބާރުތަކުގެ މެމްބަރަކު މަރުވެ އިތުރު ބަޔަކު ޒަހަމްވި ކަމަށެވެ.

ނަމަވެސް މަރުވި އޮފިސަރުގެ ވަނަވަރު ހާމަކޮށްފައި ނުވެއެވެ.

ދާހިލީ މިނިސްޓްރީގެ ބަޔާނުގައި ވަނީ އެގައުމުގެ އެތެރޭގެ ސަލާމަތީ ބާރުތަކުގެ އެކްސްޕްލޮސިވްސް ޑިވިޝަނާއި އެކު ސްޕެޝަލައިޒްޑް ކްރޫއިން ހަމަލާދިން ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުގެ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންދާކަމަށެވެ.

ބެލެވޭގޮތުގައި މަރުވި ގަތަރުގެ ސަލާމަތީ ބާރުގެ މެމްބަރަކީ ޔަހޫދީން ހަމަލާދިން ހަމާސްގެ އިމާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ފަރާތެކެވެ.

ޔަހޫދީން މިއަދު ހަވީރު ދޯހާއަށް ދިން ހަމަލާއަކީ ގަތަރު އިސްވެ އޮވެ ދޯހާގައި ކުރިޔަށްދާ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ބައިވެރިވަމުންދާ ހަމާސްގެ ވަފުދަށް ދިން ހަމަލާއެކެވެ. މި ހަމަލާގައި ސީދާ އަމާޒަކީ ހަމާސްގެ ވަފުދުގެ އިސް ވެރިޔާ ޚަލީލް އަލް ހައްޔާއެވެ. ނަމަވެސް މި ހަމަލާއިން ވަފުދުގައި ހިމެނޭ ހަމާސްގެ ލީޑަރޝިޕްގެ އިސްވެރިންނާއި ޚަލީލް އަލް ހައްޔާ ސަލާމާތްވެފައިވާކަމަށް ހަމާސްއިން މިހާރު ވަނީ ހާމަކޮށްފައެވެ. އެގޮތުން ހަމާސްގެ 5 މެމްބަރަކު މަރުވިކަން ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެމެނީ ޚަލީލް އަލް ހައްޔާގެ ދަރިކަލުން ހުމާމް އާއި ޚަލީލް އަލް ހައްޔާގެ އިސް އެހީތެރިޔާގެ އިތުރުން 3 ބޮޑީގާޑުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC