logoEN
Sto top
އެމެރިކާއިން ބުނަނީ ހަމަލާ ދިނުމުން ކުރީން އެމައުލޫމާތު ގަތަރަށް ދިން ކަމަށް: ގަތަރުން ބުނަނީ އެއީ ދޮގެއް ކަމަށް!

އެމެރިކާއިން ބުނަނީ ހަމަލާ ދިނުމުން ކުރީން އެމައުލޫމާތު ގަތަރަށް ދިން ކަމަށް: ގަތަރުން ބުނަނީ އެއީ ދޮގެއް ކަމަށް!

އަހުމަދު ޝުރާއު

logo

9/9/2025, 6:18:41 PM

# ގަތަރު

އިސްރާއީލުން ހަމަލާދޭން އުޅޭކަން ގަތަރަށް އެންގިކަމަށް އެމެރިކާ ބުނި ނަމަވެސް ގަތަރުން އެކަން ދޮގުކޮށްފި އެވެ.

Wamco

ޔަހޫދީ އިސްރާއީލުން ގަތަަރުގެ ދޯހާގައި ހުރި އިމާރާތަކަށް މިސައިލް ބޭނުންކޮށްގެން ހަމަލާދިނީ މިއަދު ހަވީރު އެވެ. މި ހަމަލާއަކީ ހަމާސްގެ އިސްވެރިންތަކެއް ތިބި ކަމަށް ބުނާ އިމާރާތަކަށް އަމާޒުކޮށް ޔަހޫދީން ދިން ހަމަލާއެކެވެ.

މި ހަމަލާއާއި ގުޅިގެން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ހަމަލާގެ މައުލޫމާތު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަމަލާ ދިނުމުގެ ކުރީން ދިން ކަމަށާއި ހަމަލާގެ ކުރީން އެކަން އެމެރިކާއިން ގަތަރަށް އަންގާފައިވާނެ ކަމަށެވެ. އެގޮތުން ހަމަލާގެ މައުލޫމާތު ޓްރަމްޕަށް ލިބުމާއިއެކު ގަތަރަށް އެކަން "ވަގުތުން އަންގަން " ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޯފް އަށް ޓްރަންޕު އެންގި ކަމަށެވެ.

ނަމަވެސް އިސްރާއީލުގެ ހަމަލާތައް ދިނުމުގެ ކުރިން އެމެރިކާއިން ގަތަރަށް އަންގާފައިވާ ކަމަށް ވައިޓް ހައުސްއިން ބުނާ ވާހަކަތައް ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ދާދި ދެންމެ އަކު ވަނީ ދޮގުކޮށްފައެވެ.

"ހަމަލާގެ ކުރިން ގަތަރުގެ ދައުލަތަށް މައުލޫމާތު ލިބިފައިވާ ކަމަށް ދައުރުވަމުންދާ ބަޔާންތަކަކީ މުޅިން ދޮގު ބަޔާންތަކެއް،" އަލް އަންސާރީ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

އަންސާރީގެ ބަޔާނުގައި އިތުރަށް ވިދާޅުވީ ގަތަރުގެ ސަރުކާރަށް ހަމަލާގެ މައުލޫމާތު ދިނުމަށް އެމެރިކާގެ އޮފިޝަލެއްގެ ފޯނު ކޯލު ލިބިފައިވަނީ ހަމަލާދިންތާ އިރުކޮޅެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެފޯނު ކޯލަކީ އެމެރިކާގެ ކޮން އޮޕިޝަލެއްގެ ފަރާތުން ގަތަރުގެ ސަރުކާރަށް ލިބުނު ފޯނު ކޯލެއްކަން އަންސާރީގެ ބަޔާނުގައި ފާހަގަކޮށްފައި ނުވެއެވެ.

ޔަހޫދީން މިއަދު ދިން ހަމަލާގައި ޖުމުލަ 6 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ހަމަލާ އަމާޒުކުރި ކަމަށް އިސްރާއީލުން ބުނާ ހަމާސްގެ އިސް ލީޑަރޝިޕްގެ އިސްވެރިއަކު ނުހިނެމުނު ނަމަވެސް ލީޑަރެއްގެ ދަރިއަކު މަރުވިކަން މިހާރު ވަނީ ހަމާސްއިންވެސް ކަށަވަރުކޮށްދީފައި އެވެ. މީގެ އިތުރުން މި ހަމަލާގައި ގަތަރުގެ ސަލާމަތީ ބާރެއްގެ މެމްބަރަކުވެސް މަރުވިކަން ގަތަރުގެ ދާހިލީ ވުޒާރާއިން މިރޭ ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC