logoEN
Sto top
ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން 10 މީހަކު ޓެގް އަޅުވައި ދޫކޮށްލައިފި

ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން 10 މީހަކު ޓެގް އަޅުވައި ދޫކޮށްލައިފި

އަހުމަދު ޝުރާއު

logo

6/23/2025, 6:23:32 PM

# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

-

ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން 10 މީހަކު، އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން ޓެގް އަޅުވައި މުޖުތަމަޢުގެ ތެރެއަށް ދޫކޮށްފައިވާ ކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Wamco

ވާނުވާ ބަންދުގައި ތިބި މީހުންނަށް ކޯޓުތައް މެދުވެރިކޮށް ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއިދިނުމުގެ ކަންކަން ފެށިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ޢިއުލާންކުރައްވާފައެވެ.

އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕީޖީ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު އެ އޮފީހުން ހުޅުވާލީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ވާނުވާ ބަންދާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ވާނުވާ ބަންދު ދާއީމަށް ހައްލުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި ވާނުވާ ބަންދަކީ، ތަޙުގީގު ކުރިއަށްދާއިރު، މީހާގެ ފަރާތުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމަކަށާއި އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިތުރުން ތަޙުޤީހަށް ފިލާފާނެތީ ބަހައްޓާ ބެހެއްޓުމެއްކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މުޖުތަމަޢަށް ނުރައްކަލެއްވާނެ ކަމަށް ބެލެވޭ އެއްވެސް މީހަކު މީގެ ތެރެއިން ދުލެއް ނުކުރާނެ ކަމަށާއި ނަމަވެސް ޓެގުގެ ޒަރިއްޔާއިން ދޫކުރާނީ މުޖުތަމަޢަށް ނުރައްކަލެއް ނެތްކަން ޔަގީން ކުރުމަށް ފަހުގައި ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ސަރުކާރުން ކުރައްވަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވަނީ ޖުލައި 26ގައި އައު އިމާރާތުން ޚިދުމަތް ލިބިގެން ދިޔުމަކީ އަމާޒެއް ކަމަށްވެސް ވިދާޅުވެފައެވެ.

ވާނުވާ ބަންދަށް ލުއިދެނީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށެވެ. އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަކަށް ހަމަޖެހިފައެއް ނުވެއެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside