logoEN
Sto top
އެމެރިކާގެ ބޭސްއަށް އިރާނުން އަމާޒުކުރި މިސައިލްތައް ހުއްޓުވީ ގަތަރުގެ އަސްކަރިއްޔާއިން!

އެމެރިކާގެ ބޭސްއަށް އިރާނުން އަމާޒުކުރި މިސައިލްތައް ހުއްޓުވީ ގަތަރުގެ އަސްކަރިއްޔާއިން!

އަހުމަދު ޝުރާއު

logo

6/23/2025, 5:11:29 PM

# ގަތަރު

އެމެރިކާގެ ބޭސްއަށް އިރާނުން އަމާޒުކޮށް ފޮނުވާލި މިސައިލްތައް ހުއްޓުވީ ގަތަރުގެ އަސްކަރިއްޔާއިން ކަމަށް ގަތަރު ސަރުކާރުން ބުނެފި އެވެ.

Wamco

އިރާނުން މިރޭ ހަމަލާދިނީ ގަތަރުގެ ވެރިރަށް ދޯހާގެ ހުޅަނގު ދެކުނުގައި ހުންނަ އެމެރިކާގެ އަލް އުދީދު ބޭސްއަށެވެ.

މި ހަމަލާއާއި ގުޅިގެން ދާދި ދެންމެ އަކު ގަތަރުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިރާނުން ފޮނުވާލި މިސައިލްތައް ހުއްޓުވީ ގަތަރުގެ ދިފާއީ ބާރުން ކަމަށާއި އެ މިސައިލްތައް ކާމިޔާބުކަމާއި އެކު އިންޓަސެޕްޓުކުރެވުނު ކަމަށެވެ.

އަދި މި ހަމަލާގައި އަލް އުދީދު ބޭސްގައި ތިބި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާވެފައިނުވާކަން ކަށަވަރުވެފައިވާ ކަމަށް ވެސް ގަތަރުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖީދު އަލް އަންސާރީ ވިދާޅުވީ އަލް އުދީދު ބޭސްއަށް އިރާނުގެ އަސްކަރިއްޔާއިން ދިން ހަމަލާއަކީ ގަތަރުގެ އިސްތިގުލާލާއި ވައިގެ ސަރަހައްދުގެ އިތުރުން އދގެ ޗާޓަރާ ހިލާފު ހަމަލާއެއް ކަމަށެވެ.

އަލް އަންސާރީ އިތުރަށް ވިދާޅުވެފައިވަނީ ގަތަރަށް ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި ހަރުކަށި އަމަލުތަކަށް ރައްދު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside