
ގަތަރުގެ ވައިގެ ސަރަހައްދުވެސް ހުޅުވާލައިފިއެވެ.

ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކުރީ އިރާނުން މިރޭ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއް ދިނުމާއި ގުޅިގެން ވަގުތީ ގޮތުންނެވެ.
އެގޮތުން އަލުން ވައިގެ ސަރަހައްދު ހުޅުވާލިކަން ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ދާދި ދެންމެ އަކު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އިރާނުން މިރޭ އުދީދު ބޭސްއަށަ ހަމަލާދިނީ 19 މިސައިލް ބޭނުންކޮށްގެންނެވެ. އޭގެތެރެއިން 18 މިސައިލެެއް ގަތަރުގެ އަސްކަރިއްޔާއިން ހުއްަޓުވި އިރު އެއް މިސައިލް ވަނީ އަމާޒަށް ވާސިލް ވެފައިއެވެ. އިރާނުން ހަމަލާދިނުމުގެ ގަޑިއެއްހާ ކުރީން ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރާއިއެކު ގަތަރުން ވައިގެ ސަރަހައްދު ބަންދުކުރީ ރާއްޖެ ގަޑިން 20:05 ހާއިރު އެވެ.
ކުއްލި ގޮތަކަށް ވައިގެ ސަރަހައްދު ބަންދުކުރުމާއި އެކު ގަތަރުގެ ދޯހާއަށް ދަތުރުކުރަމުން ދިޔަ ގިނަ ފްލައިޓުތަކެއް ޑައިވާޓުކުރަން މަޖުބޫރުވިއެވެ. މީގެ ތެރޭގައި މިރޭ ރާއްޖެއިން ފުރައިގެން ދޯހާއަށް ދަތުރުކުރި މަތިންދާބޯޓެއް ވެސް ހިމެނެއެވެ.
މެދުއިރުމައްޗަކީ އެމެރިކާ ބައްރާއި ޔޫރަޕުގެ ދަތުރުވެރިން އޭޝިއާއަށް އައުމަށް ބޭނުންކުރާ މައި ޓްރާންސިޓް ހަބެވެ. އެގޮތުން ގަތަރުގެ ދޯހާ އާއި ޔޫއޭއީގެ ދުބާއީއަކީ އެންމެ ފާހަގަކޮށްލެވޭ ޓްރާންސިޓް މަންޒިލްތަކެވެ.