logoEN
Sto top
ވީއައިއޭގެ އައު ޓީމިނަލްގެ ޕައިޕްލައިން ސިސްޓަމް އިފްތިތާހްކޮށްފި

ވީއައިއޭގެ އައު ޓީމިނަލްގެ ޕައިޕްލައިން ސިސްޓަމް އިފްތިތާހްކޮށްފި

އަހުމަދު ޝުރާއު

logo

6/23/2025, 8:18:11 AM

# އެމްއޭސީއެލް

-

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ އައު ޕެސެންޖަރ ޓާމިނަލަށް ފެން ފޯރުކޮށްދިނުމަށް ގާއިމުކުރި ޕައިޕްލައިން ސިސްޓަމް, ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

Wamco

އިއްޔެ ވީއައިއޭގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ ސިސްޓަމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

ފެން ފޯރުކޮށްދޭ ޕައިޕްލައިން ނިޒާމު އިފުތިތާހު ކުރުމަށް ވީ.އައި.އޭގައި މިއަދު ބޭއްވިރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން އަދި ސީނިއަރ މެނޭޖްމަންޓާއި އެމް.އޭ.ސީ.އެލް ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމް ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އެއަރޕޯޓް ހިންގެވުމާ ހަވާލުވީއްސުރެ މިއަދާ ހިސާބަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަމުން ގެންދަވާ އިރުޝާދާއި އެހީތެރިކަމަށް އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ. ސީ.އީ.އޯ އިތުރަށް ވިދާޅުވީ އެއާޕޯޓުގެ އައު ޓާމިނަލްގެ ކަންކަން މިހާހިސާބަށް ކާމިޔާބުކަމާއެކު މި ގެންދެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމް.އޭ.ސީ.އެލްއަށާއި ޚާއްސަކޮށް އެމަނިކުފާނަށް ދެއްވަމުން ގެންދަވާ ލަފަޔާއި، އެހީތެރިކަމާއި އިރުޝާދުގެ ތެރެއިންކަމަށެވެ. އައު ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ މައި ދޮރޯއްޓަށް އެދެވޭ އަސަރުތަކެއް ކުރާނެކަމަށާއި، އިޤްތިޞާދީ މި މުހިންމު ވިއުގައަށް އެހީތެރިކަމާއި ތަރައްޤީ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެއްކަމަށާއި، އެމަނިކުފާނު މިމަސައްކަތަށް މުހިންމު އަހައްމިއްޔަތެއް ދެއްވަމުން ގެންދަވަނީ މި ސަބަބަށްޓަކައިކަމަށް ސީ.އީ.އޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ. ސީ.އީ.އޯ އިބްރާހިމް ޝަރީފް މުޙައްމަދު އިތުރަށް ވިދާޅުވީ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާފުޅު ކެނޑިނޭޅި ލިބެމުންދާ މަޝްރޫޢެއްކަމަށެވެ.

މިއަދު އިފުތިތާހު ކުރި ފެން ފޯރުކޮށްދޭ ޕައިޕްލައިން ސިސްޓަމަކީ 1،800 މީޓަރު ދިގުސިސްޓަމެކެވެ. އޭގެ ތެރެއިން 635 މީޓަރު އަޅާފައިވަނީ ފަޅު ތެރޭގައެވެ. މި މަސައްކަތް ކޮށްފައިވަނީ އެމް.އޭ.ސީ.އެލްގެ ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމުންނެވެ.

ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ މި މަސައްކަތް އެމް.އޭ.ސީ.އެލްގެ ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމާ ހަވާލުކުރީ އެ މަސައްކަތަކީ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ މަސައްކަތަކަށް ވެފައި، ހަރަދުގެ ގޮތުން ކުންފުންޏަށް ފައިދާވާނެތީ ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްގެ ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމުން އެ މަސައްކަތް ރެކޯޑު މުއްދަތެއްގެ ތެރޭގައި ނިންމާފައިވާތީ އެ ޓީމަށް ސީއީއޯ އިބްރާހިމް ޝަރީފު ވަނީ ހޫނު މަރުޙަބާއެއް ދަންނަވައި، ޝުކުރު އަދާކުރައްވައިފަ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ގައެވެ. މި ޓާމިނަލް ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. މި ޓާމިނަލްގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތްކުގެ ތެރޭގައިއެއަރބްރިޖްތަކާއި، ސެލްފް ޗެކްއިން ކިއޮސްކްތަކާއި، އޮޓޮމޭޓެޑް ބެގޭޖް ހޭންޑްލިންގ ސިސްޓަމަކާއި، އަދި ވިޝުއަލް ޑޮކިންގ ގައިޑެންސް ސިސްޓަމެއް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside