
މާދަމާ މާލެއާއި ހުލުމާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ
# ސްޓެލްކޯ-
ކޮންމެހެން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށް މާދަމާ މާލެ އާއި ހުޅުމާލެއިން ކުޑަވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ކުރި އިއުލާނެއްގައި ބުނީ އެކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތެއް ކުރުމަށާއި ހުޅުމާލޭގެ ޕަވާހައުސްގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހެނދުނާއި ހަވީރުގެ ވަގުތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އެގޮތުން ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ މާފަންނުގެ ސަރަހައްދުތަކުން މާދަމާ ހަވީރު 04:00 އާއި 04:30 އާއި ދެމެދުގެ ވަގުތެއްގައި އެވެ. އަދި ހުޅުމާލޭގައި ހުންނަ އެކުންފުނީގެ 50 ވެގަވޮޓްގެ ޕަވާހައުސްގައި ކުރަން ޖެހޭ މަސައްކަތާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ބުނެފައިވަނީ ހެނދުނު 06:00 އާއި 07:00 އާއި ދެމެދު އެވެ.
މީގެ އިތުރުންވެސް އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ސިލްސިލާކޮށް ކުރިޔަށްގެންދާ މަސައްކަތްތަކެއް މާދަމާ މާލެ ސިޓީގެ 4 ސަރަހަދެއްގައި ކުރިޔަށް ގެންދިޔުމަށްވެސް ވަނީ ސްޓެލްކޯއިން ނިންމާފައި އެވެ.
ސްޓެލްކޯއިން ވަނީ މި މަސައްކަތްތަކުގެ ތެރެއިން ކަރަންޓު ކެނޑެން މެދުވެރިވާތީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފައި އެވެ. އެކުންފުނީން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި

އަލަށް ހަވާލުވި ހުރާގެ އިންޖީނުގެއާއި، ފެން ޕްލާންޓްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ސްޓްލެކޯގެ އިސްވެރިން އެރަށަށް!

ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތައް ސްޓެލްކޯއާއި ހަވާލުކޮށްފި

.gif&w=3840&q=75)



