logoEN
Sto top
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މާދަމާ ގިނަ ހަރަކާތްތަކެއް!

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މާދަމާ ގިނަ ހަރަކާތްތަކެއް!

އަހުމަދު ޝުރާއު

logo

6/20/2025, 11:31:52 AM

# ފިޝަރީޒް މިނިސްޓްރީ

-

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން "މޫދު ފެސްޓް" ގެ ނަމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

Wamco

މި ހަރަކާތްތައް ކުރިއަށް ދާނީ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައެވެ. މި ހަރަކާތްތައް މެންދުރު 1 ފެށިގެން ހަވީރު 5 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

"މޫދު ފެސްޓް" ގައި ކަނޑުގެ މައުލޫމާތު ދިނުމަށްޓަކައި ސްޓޯލްތަކެއް ބެހެއްޓިފައި ހުންނާނެއެވެ. މި ފެސްޓިވަލްގައި މިނިސްޓްރީއާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވާނެއެވެ. މި ހަރަކާތުގައި ކުޑަކުދިންނާ އަދި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ފުރުސަތު ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

"މޫދު ފެސްޓް" ފެށިގެންދާނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތުންނެވެ. މިހަރާކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގަންނަވާނެއެވެ. މިނިސްޓްރީން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިވުމުގެ ފުރުސަތަށް ހުޅުވާލާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside