
އެން ރައްކާކޮށް ދިގު މުއްދަތަކަށް ގެންގުޅެން ތިން އުޅަނދެއްގައި ފެށި ޕައިލެޓް ޕްރޮގްރާމް ކާމިޔާބު - ޝިޔާމް
# ފިޝަރީޒް މިނިސްޓްރީ--
ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރގެ މަޝްރޫއުގެ ދަށުން މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް އައު އީޖާދީ އުފެންދުންތައް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ "ދަ ޕްރޮޖެކްޓް ފޯ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ" ނިންމާލުމަށް ބޭއްވި ބައްދަލުވުން ޝަރަފުވެރި ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.
ޝިޔާމް ވިދާޅުވީ ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރގެ މަޝްރޫޢަކީ، ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު މަސްވެރިކަމަށް ސަރުކާރުން ކުރާ ދަތުރުގައި ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށާއި ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ ދެމެހެއްޓެނިވި މަސްވެރިކަމުގެ ތެރެއިން އީކޯ ފްރެންޑްލީ ވަން ބައި ވަން ޕޯލް އެންޑް ލައިން އަދި ހެންޑްލައިން ޓޫނާ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ގައުމެއް ކަމަށެވެ. ނަމަވެސް، މި ދާއިރާގެ ވަޒީފާގެ ރަނގަޅުކަމާއި، ވެލިއު ޗޭން ޑައިނަމިކްސް އިތުރުކުރުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް މި މަޝްރޫޢުގެ ތެރެއިން ފެނިފައިވަނީ ޓްރާންސްފޯމަޓިވް އިންޓަރވެންޝަންތަކެއް ކަމަށާއި ޚާއްޞަކޮށް ޔެލޯފިން ޓޫނާ ރިންގާއި އިކެޖިމޭ ޓެކްނިކް ތަޢާރަފްވުމާއެކު. މަހުގެ ފެންވަރު ރަނގަޅުވެގެންދަާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިހާރު މަސްވެރިންގެ މައްޗަށް އޮތީ، މިކަންކަން އިތުރަށް ފުޅާދާއިރާއެއްގައި ގެންގުޅުމުގެ ޒިންމާ ކަމަށާއި އަދި ސަޕްލައި ޗޭންގައި ހަރަކާތްތެރިވާ އެންމެންނަށް ޚާއްޞަކޮށް މަސް ޕްރޮސެސްކުރާ ކުންފުނިތަކުން މަސްވެރިންނާ ގުޅިގެން މަސައްކަތް ކުރުންކަމަށް ވަޒީރު ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގައި ދިގު މުއްދަތަކަށް ކުރިމަތިވެފައިވާ އެއް ގޮންޖެހުން ކަމަށްވާ އެން ރައްކާކޮށް ދިގު މުއްދަތަކަށް ގެންގުޅެވޭނެ ގޮތަށް ހައްލު ލިބި އެން ރައްކާކޮށް ދިގު މުއްދަތަކަށް ގެންގުޅެން ތިން އުޅަނދެއްގައި ފެށި ޕައިލެޓް ޕްރޮގްރާމް ކާމިޔާބު ވެފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.
މި ކާމިޔާބީގެ މައްޗަށް ބިނާކޮށް، ވަރަށް އަވަހަށް މި އާ އުފެއްދުން ހިމެނޭ ގޮތަށް އަންނަ ޖީލުގެ މަސްވެރި އުޅަނދު ޑިޒައިން ކުރުމަށް ހުށަހެޅުންތައް ހުޅުވާލާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މީގެ އިތުރުން، މިހާރު ހުރި އުޅަނދުތަކަށް ބެއިޓް ޓޭންކް ރެޓްރޯފިޓް ކުރުމަށް %40 މެޗިންގ ގްރާންޓް ފެސިލިޓީއެއް ތައާރަފްކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. މިއީ ޚަރަދު ކުޑަ އަޕްގްރޭޑެއް ކަމަށާއި، އޭގެ ސަބަބުން އުޅަނދުތައް ކަނޑުގައި ގިނަ ދުވަހު ތިބެވޭނެ ކަމަށާއި، އެކަމުގެ ސަބަބުން ތެޔޮ ބޭނުންކުރުން މަދުވެ، ވަސީލަތްތައް ރަނގަޅުވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މި މަޝްރޫޢުގެ ދަށުން މައްދޫ، ނިލަންދޫ އަދި ދިއްގަރުން ވެލިއު އެޑެޑް ޕްރޮޑަކްޓްތައް ތަރައްޤީ ކުރާނެ ކަމަސްވެސް ވަޒީރު ވިދާޅުވި އެވެ. މި އުފެއްދުންތައް ލޯކަލް އަދި ބައިނަލްއަޤްވާމީ މާކެޓްތަކަށް ގެނައުމަށްޓަކައި، ފެންވަރާއި ރައްކާތެރިކަމުގެ ޔަޤީންކަން ދިނުމަށްޓަކައި، އެކުގައި މަސައްކަތް ކުރަމުން ގެންދިއުމަށް ބާރުއަޅާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން، ވެލިއު އެޑިޝަން އިތުރުކޮށް، ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން އިޖްތިމާޢީ އިޤްތިޞާދީ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ މަޝްރޫޢުގެ ސަބަބުން އޮޕަރޭޝަނަލް ކޮސްޓް ކުޑަކުރުމަށް، އަދި ރާއްޖެއިން އުފައްދާ އުފެއްދުންތައް ރަނގަޅަށް ބެލެހެއްޓުމާއި، އަދި ތަފާތުކޮށްގެން އާމްދަނީ ރަނގަޅުކުރުމަށް މަގުފެންނަމުން ދަކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ކުރިއަށް ދާންޖެހެނީ މަސްވެރިކަމުގެ ދާއިރަގައި އެކަކު އަނެކަކާ ގުޅިގެން އައު އުފެއްދުންތައް އުފައްދާ މަސްވެރިކަމުގެ މުސްތަގުބަލަށް އިންވެސްތު ކުރަމުން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމުގައި ޖަޕާނު ސަރުކާރާއި، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އަށް ދެމުން އަންނަ އެއްބާރުލުމާއި، ޕާޓްނަރޝިޕްއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށް ވަޒީރު ވަނި ވިދާޅުވެފަ އެވެ.
ގުޅުންހުރި

މެރިކަލްޗަރ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް!

އެން ރައްކާކޮށް ދިގު މުއްދަތަކަށް ގެންގުޅެން ތިން އުޅަނދެއްގައި ފެށި ޕައިލެޓް ޕްރޮގްރާމް ކާމިޔާބު - ޝިޔާމް

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ ބްލޫ އެކޮނޮމީ ޕްރޮޖެކްޓު ނިންމާލުމަށް ސެމިނާއެއް ބާއްވައިފި
