
ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ ބްލޫ އެކޮނޮމީ ޕްރޮޖެކްޓު ނިންމާލުމަށް ސެމިނާއެއް ބާއްވައިފި
# ފިޝަރީޒް މިނިސްޓްރީ--
ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ "ދަ ޕްރޮޖެކްޓް ފޯ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ" ގެ ފަހު ސެމިނާ ބާއްވައިފި އެވެ.

މި ސެމިނާ ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ. ސެމިނާގައި ޖައިކާގެ އޮފިޝަލުންނާއި، މިނިސްޓްރީގެ އިސްވެރިންނާއި، މަޝްރޫޢުގައި އެކި ފަންތީގައި ބައިވެރިވި ފަރާތްތަކުން ބައިވެރިވިއެވެ.
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގި މި މަޝްރޫޢުގެ ނިންމުމުގެ ގޮތުން ބޭއްވުނު މި ސެމިނާގައި، މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށް، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ފައިދާތައް ފާހަގަކުރެވުނު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މި ސެމިނާގެ ބައިވެރިން ވަނީ މަޝްރޫޢުގެ މަޢުލޫމާތު ހިއްސާކޮށް، ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައި އެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި "ބްލޫ އިކޮނޮމީ" ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގުނު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދިޔަކަމަށް ބައިވެރިން ފާހަގަކުރިއެވެ.
ގުޅުންހުރި

މެރިކަލްޗަރ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް!

އެން ރައްކާކޮށް ދިގު މުއްދަތަކަށް ގެންގުޅެން ތިން އުޅަނދެއްގައި ފެށި ޕައިލެޓް ޕްރޮގްރާމް ކާމިޔާބު - ޝިޔާމް

ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ ބްލޫ އެކޮނޮމީ ޕްރޮޖެކްޓު ނިންމާލުމަށް ސެމިނާއެއް ބާއްވައިފި
