logoEN
Sto top
ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު!

ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު!

އަހުމަދު ޝުރާއު

logo

6/19/2025, 12:56:20 PM

# ހެލްތު މިނިސްޓްރީ

--

ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Wamco

'އެސްއެސް ޓީވީ'ގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ބޭސް ލިބުމުގައި އޮތް ދަތިތައް ހައްލުކުރުމަށް ކުރި މަސައްކަތުން ވޭތުވެދިޔަ ތަނުގައި އެސްޓިއޯއިން ރާއްޖެއަށް އެތެރެ ނުކުރާހާ ގިނަ އައިޓަމްތަކުގެ ބޭސް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށެވެ.

އަދި މި ނިޒާމްގެ ތެރެއިން މެދު ނުކެނޑި ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ޝަކުވާ ނުކުރާ ވަރަށް ރައްޔިތުންނަށް ފަސޭހަ އިން ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އަމާޒެއް ކަމަށެވެ.

އެގޮތުން މި މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދާ މަސައްކަތަކީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ ޕޭޝަންޓުންނަށް ހޮސްޕިޓަލް ނިޒާމްގެ ތެރެއިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށްވެސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކައި ޓާރޝަރީ ހޮސްޕިޓަލްތަކުގެ އިންޕޭޝަންޓުންނަށް އެ ހެލްތު ފެސިލިޓީއަކުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާއިރު، އެހެނިހެން ހެލްތު ފެސިޓީތަކުގައިވެސް މިނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside