
ސްޕެޝަލައިޒްޑް ކެއާއިން އެއްބާރުލުން އިތުރުކުރުމަށް ޕާކިސްތާނުގެ އަސްކަރީ ސިއްހީ ދާއިރާގެ މުއައްސަސާތަކާއި މަޝްވަރާކޮށްފި
# ހެލްތު މިނިސްޓްރީ--
ސްޕެޝަލައިޒްޑް ކެއާ އާއި ކެޕޭސިޓީ ބިލްޑިންގގައި އެއްބާރުލުން ދިނުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައިވަނީ ސިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އަސްކަރީ ސިއްހީ ދާއިރާގެ މުއައްސަސާތަކަށް ކުރެއްވި ޒިޔާރަތުގައެވެ.
އެގޮތުން އާމްޑް ފޯސަސް އިންސްޓިޓިއުޓް އޮފް ޔޫރޮލޮޖީ (އޭއެފްއައިޔޫ) އާއި އާމްޑް ފޯސަސް ބޯން މެރޯ ޓްރާންސްޕްލާންޓް ސެންޓަރު (އޭއެފްބީއެމްޓީސީ) އަށް ޒިޔާރަތްކޮށް، އެޑްވާންސް ޓްރީޓްމަންޓް ސާވިސްތަކާއި އިންސްޓިޓިއުޝަނަލް ތަޖުރިބާއާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، އެ ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ސިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ގުޅޭގޮތުން ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް (އެންއައިއެޗް) އާއި އެކު ވެސް ވަނީ މަޝްވަރާކޮށްފައެވެ.