
-
ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގައި މިނިސްޓްރީ އޮފް ހެލްތު އިން ބައިވެރިވެއްޖެއެވެ.

ތައިލެންޑްގެ ބެންކޮކްގައި މިމަހުގެ 24 އިން 26 އަށް ބޭއްވި އޭޝިއާ އެންޑް ޕެސިފިކްގެ ތިންވަނަ ސިވިލް ރެޖިސްޓްރޭޝަން އެންޑް ވައިޓަލް ސްޓެޓިސްޓިކްސް (ސީއާރުވީއެސް) ކޮންފަރެންސްގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ހުންނެވީ ސްޓޭޓް މިނިސްޓަރ އަހްމަދު ގާސިމްއެވެ.
މި ކޮންފަރެންސްގައި ސަރަހައްދީ އޮފިޝަލުންނާއި ޑިވެލޮޕްމަންޓް ޕާޓްނަރުން އެއްތަނަކަށް އެއްވެ ކާމިޔާބީތައް ފާހަގަކޮށް، ކުރިއެރުންތައް ވަޒަންކޮށް، އާންމު ސިއްހަތާއި ތަރައްގީގެ ޕްލޭނިން އަށް ތާއީދުކުރާ ސީއާރުވީއެސް ނިޒާމުތައް ކުރިއެރުވުމަށް ފާހަގަކޮށްފައިވެ އެވެ. އަދި ސީއާރުވީއެސް ޑިކޭޑްގެ އަމާޒުތައް 2030 ވަނަ އަހަރުގެ އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓާ އެއްގޮތްކޮށްގެން ގައުމީ އަދި ސަރަހައްދީ ވައުދުތައް އާކުރުމުގެ ޕްލެޓްފޯމެއް ޤާއިމުކުރިއެވެ.
މި ކޮން ފަރެންސްގައި ރާއްޖެއިން ސީއާރުވީއެސް އާއި ސިއްހީ ނިޒާމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި ތަޖުރިބާތަކާއި ސްޓްރެޓެޖީތައް ވަނީ ހިއްސާކޮށްފައެވެ. އަދި ޑިޖިޓަލް ރަޖިސްޓްރޭޝަން އިތުރުކުރުމާއި، މަރުގެ ސެޓްފިކެޓް ރަނގަޅުކުރުމާއި، ކޮންމެ ފަރުދަކު އުފަންވުމުން ފެށިގެން މަރުވުމާ ހަމައަށް ހެލްތު ރެކޯޑްސް ބެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމާ ގުލޭގޮތުން މައުލޫމާތު ހިއްސާކުރެވުނެއެވެ.