logoEN
Sto top
ކުލަބު ވޯލްޑްކަޕް: ވާދަވެރި ކުޅުމަކަށްފަހު ރިވަ ޕްލޭޓުން އުރަވާ ރެޑްސް ބަލިކޮށްފި

ކުލަބު ވޯލްޑްކަޕް: ވާދަވެރި ކުޅުމަކަށްފަހު ރިވަ ޕްލޭޓުން އުރަވާ ރެޑްސް ބަލިކޮށްފި

ހަސަން ޝާއިން

logo

6/18/2025, 2:49:31 AM

# ރިވަ ޕްލޭޓް# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ކުލަބު ވޯލްޑްކަޕް 2025# އުރަވާ ރެޑްސް

ރިވަ ޕްލޭޓާއި އުރަވާ ރެޑްސް ވާދަކުރި މެޗުގެ ތެރެއިން..

އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި އަންގާރަ ދުވަހުގެ ރޭ ރިވަ ޕްލޭޓާއި އުރަވާ ރެޑްސް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ރިވަ ޕްލޭޓުން ކާމިޔާބުކޮށްފި އެވެ.

Wamco

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ރިވަ ޕްލޭޓުން މެޗު ޑޮމިނެޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ފަކުންޑޯ ކޮލިޑިއޯ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ރިވަ ޕްލޭޓުން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ރިވަ ޕްލޭޓް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ރިވަ ޕްލޭޓުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސެބެސްޓިއަން ޑްރިއުސީ އެވެ.

ނަމަވެސް އޭގެ 10 މިނެޓު ފަހުން އުރަވާ ރެޑްސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓިއަކުން ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޔޫސުކޭ މަޓްސޫއޯ އެވެ.

މިމެޗުގައި ރިވަ ޕްލޭޓްގެ ތިންވަނަ ލަނޑު ފަހުހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު މެކްސިމިލިއާނޯ މެޒާ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ރިވަ ޕްލޭޓް ކުރީގައި އޮވެގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside