
ކައުންސިލަރުންނަށް ޚާއްސަ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
ކައުންސިލަރުންނަށް އަމާޒުކޮށްގެން އިސްލާމީކަންތައްތަކާ ބެޙޭ ވުޒާރާއިން ކުރިއަށް ގެންދާ ޚަޠީބުކަމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކިރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަަޒުންނެވެ.
މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 50 ކައުންސިލަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ހަފްތާގެ މުއްދަތަށެވެ. މި ކޯހަށް މީހުން ހޮވުމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައިި ހިމެނެނީ ކީރިތި ޤުރުއާން ފަރިިތަކޮށް ކިޔަވަން އެނގުމާއި ދިވެހި ބަހާއި ޢަރަބި ބަހުގެ ކިޔެވުމުގެ ފަރިތަކަމަށެވެ.
މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ސީވީ، އައިޑީ ކާޑު ކޮޕީ، އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓު އަދި ވަޒީފާ އަދާކުރަމުންދާ ކަމުގެ ލިޔުން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންޖެހޭނެއެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކު: https://docs.google.com/forms/d/e/1FAIpQLSeAfgen1TzrsvoaxSgd5cwOl9LiwLFGlPRGrQHhFIi3Sw-r4Q/viewform
ގުޅުންހުރި

ޙާފިޡްކަމުގެ ސަނަދު އަލަށް ހާސިލްކުރި އުމުރުން 14 އަހަރުގެ އަލްޙާފިޡް މިޛްއާން އަށް ވަޒީރު ޝަހީމުގެ މަރުހަބާ!

ކޮންމެ ދަރިވަރަކީވެސް އުއްމީދާއެކުގައި މަސައްކަތްކުރާ ދަރިވަރަކަށް ވާން ޖެހޭނެ - ޝަހީމް

އިސްލާމީ ވަޤްފު ފަންޑު ތަރައްޤީ ކުރުމާއި އިމާމުންނާއި ޚަޠީބުން ތަމްރީން ކުރުމަށް އިންޑޮނޭޝިޔާއާއިއެކު މަޝްވަރާތަކެއް!




