logoEN
Sto top
"ޓޯ-ބަރލެސް" ޓްރަކަކާއި އެކު މައި އެއާޕޯޓުގެ ހިދުމަތްތައް އިތުރު ހަރުފަތަކަށް!

"ޓޯ-ބަރލެސް" ޓްރަކަކާއި އެކު މައި އެއާޕޯޓުގެ ހިދުމަތްތައް އިތުރު ހަރުފަތަކަށް!

އަހުމަދު ޝުރާއު

logo

6/16/2025, 6:37:44 PM

# އެމްއޭސީއެލް

--

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އިން މަތިންދާ ބޯޓުތަކަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން "ޓޯ-ބަރލެސް" ޓްރަކްގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ތައްޔާރުވެއްޖެއެވެ.

Wamco

ޓީ.ޕީ.އެކްސް– 200އެމް.ޓީ.އެކްސް މޮޑެލްގެ މިޓްރަކްއަކީ، މިހާރު ވައިގެ ސިނާއަތުގައި މަތިންދާ ބޯޓުތަކަށް ޚިދުމަތްދިނުމުގައި ސަލަމާތާއި ރައްކާތެރިކަމުގެ ގޮތުން މަތީ ފަންތީގައި ފާހަގަކޮށްލެވޭ އަދި އަވަސް ޚިދުމަތެއް ދެވޭނެ ގާބިލުކަން ލިބިފައިވާ ޓްރަކެކެވެ.

އެމްއޭސީއެލްއިން ބުނީ މި ޓްރަކް ވީ.އައި.އޭގެ ގްރަންޑް އޮޕަރޭޝަންގައި ބޭނުންކުރަން ފެށުމާއިއެކު، އޮޕަރޭޝަނަލް އެފިޝިއަންސީ 60 އިންސައްތައަށް އިތުރުވެ، މަތިންދާ ބޯޓުތައް އަވަހަށް ފުރުވުމަށް އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ކުރާ މަސައްކަތް އަވަސް ވެގެންދާނެ ކަމަށާއި މިއީ ޒަމާނީ ބަދަލުތަކާއިއެކު ތަރައްޤީވަމުން އަންނަ އެއަރޕޯޓްތައް ކަމަށްވާ ދުބާއީ، އަބޫދާބީ އަދި ސިންގަޕޫރުގެ އިތުރުން ވިލާތުގެ ކުރިއަރާފައިވާ އެއަރޕޯޓްތަކުގައި ބޭނުންކުރާ ޒަމާނީ ޓްރަކެއް ކަމަށެވެ.

މިހާރު ބޭނުންކުރާ މިފަދަ ޓްރަކް ތަކާއި ހިލާފަށް މިމޮޑެލްގެ ޓްރަކް އޮޕަރޭޓްކުރާ ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެއެވެ. އަދި ހަމަ އެއާއިއެކު ކޯޑް ސީގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް އީގެ ހުރިހާ މަތިންދާ ބޯޓްތަކަށްވެސް މި ޓްރަކްއިން ޚިދުމަތް ދެވޭނެއެވެ. މިއީ، މަރާމާތުކުރަންޖެހޭ ނިސްބަތާއި ހިންގުމުގެ ޚަރަދު ކުޑަ ޓްރަކެކެވެ.

މިޓްރަކް ބޭނުންކުރަން ފެށުމާއި ގުޅޭގޮތުން މައުލޫމާތު ޙިއްސާކުރައްވަމުން، އެމްއޭސީއެލްގެ ހެޑް އޮފް ރޭމްޕް ސަރވިސަސް އަލީ ޝަރީފް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނައިރު، މަތިންދާ ބޯޓުތަކަށް ޚިދުމަތްދޭ އުޅަނދުތަކަކީވެސް ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަވަސް ޚިދުމަތްތަކެއް ދޭ އުޅަނދުތަކަށް ހެދުމަށް އެމް.އޭ.ސީއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިޓްރަކްއާއިއެކު މަތިންދާ ބޯޓު ފުރުވާލުމަށް ހޭދަވާ ވަގުތު އަވަސްވެ އަދި ރައްކާތެރި ޚިދުމަތެއް ދެވޭނެކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްއިން މިހާރުވަނީ މިޓްރަކް އޮޕަރޭޓްކުރުމަށް ޚާއްސަ 8 އޮޕަރޭޓަރުން ތަމްރީންކޮށްފައެވެ. މިވަގުތު ކުރަމުން އަންނަނީ ޓްރަކް އޮޕަރޭޓްކުރުމަށްޓަކައި ހަދާ ރިސްކް އެސެސްމަންޓުގެ މަސައްކަތްތަކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން ދަނީ މަތިންދާ ބޯޑުތަކަށާއި ޕަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ޓަރމިނަލްގެ މަސައްކަތް ނިންމާ ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ބާރުދުވެލީގައި ދަނީ ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside