logoEN
Sto top
ހުޅުމާލެއަށް ވަރަށް ބޮޑަށް ވައިގަދަވެ ގެއްލުންތަކެއް!

ހުޅުމާލެއަށް ވަރަށް ބޮޑަށް ވައިގަދަވެ ގެއްލުންތަކެއް!

އަހުމަދު ޝުރާއު

logo

6/15/2025, 5:21:01 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހުޅުމާލެއަށް ވައިގަދަވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.

Wamco

މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވަނީ މިރޭ ވައިގަދަވި ވަގުތު ވެއްޓިފައި އެވެ. އަދި ހުޅުމާލޭ ފޭސް 2 ގައި ވައިގަދަވި ވަގުތު ވެހިކަލް ދުއްވުމުގައި ވެސް ދަތިތަކެއް ވަނީ ކުރިމަތިވެފައި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހުނު ވަގުތު ހުޅުމާލެއަށް 54 މޭލަށް ވައިގަދަވި ކަމަށެވެ.

ފުލުހުން ބުނީ މިރޭ ހުޅުމާލެއަށް ކުރި ވިއްސާރާގައި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ގަސްތައް ވެއްޓިފައިވާ ކަމަށާއި އެޗްޑީސީއިން ގަސްތައް ނަގައި މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މިދުވަސްވަރު އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުމުގެ ބާރު ވަނީ ގަދަވެފައި އެވެ. އެގޮތުން ފާއިތުވި 4 ދުވަހުވެސް އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރުނު އިރު މިރޭވެސް އެސަރަހައްދަށް އޮތީ ހުދު ސަމާލުނެރެފައި އެވެ.

އުތުރަށް މޫސުން ވަރަށް ބޮޑަށް ގޯސްވި ނަމަވެސް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާގޮތުގައި މެދުރާއްޖެއަށް ކެރީގެ އަސަރުކުރި ނަމަވެސް މޫސުން ރަނގަޅުވާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside