logoEN
Sto top
އިރާނުގެ އެއާޕޯޓަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީފި: މިއީ މިހާތަނަށް އިރާނުގެ އެންމެ ދުރު ހިސާބަކަށް ދިން ހަމަލާ!

އިރާނުގެ އެއާޕޯޓަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީފި: މިއީ މިހާތަނަށް އިރާނުގެ އެންމެ ދުރު ހިސާބަކަށް ދިން ހަމަލާ!

އަހުމަދު ޝުރާއު

logo

6/15/2025, 4:14:18 PM

# އިރާން-އިސްރާއިލް

-

އިސްރާއީލުން އިރާނުގެ އެއާޕޯޓަކަށް އަމާޒުކޮށް ހަމަލާދީފި އެވެ.

Wamco

އިޒްރޭލުގެ އަސްކަރިއްޔާއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ހަމަލާދީފައިވަނީ އީރާނުގެ އިރުމަތީގެ މަޝްހަދު އެއާޕޯޓަށެވެ. އަދި މި ހަމަލާއަކީ އަސްކަރީ އޮޕަރޭޝަން ފެށި ފަހުން ދިން އެންމެ ދުރު ހަމަލާ ކަމަ އެއީ ގާތްގަނޑަކަށް 2،300 ކިލޯމީޓަރު (1،429 މޭލު) ގެ ރޭންޖަކަށް ދިން ހަމަލާއެއް ކަމަށް އިސްރާއީލުން ބުނެއެވެ.

މި ހަމަލާގެ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު އެވީޑިއޯތަކަކީ ސައްހަ ވީޑިއޯތަކެއްކަން އަލްޖަޒީރާއިން މިހާރު ވަނީ ކަށަވަރުކޮށްފައި އެވެ.

އެގޮތުން ބައެއް ރިޕޯޓުތައް ބުނާގޮތުގައ އިސްރާއީލުން ހަމަލާދިނީ މަޝްހަދު އެއާޕޯޓުގައި ހުންނަ ޖެޓް ފިއުލް ޓޭންކުތަކަށް އަމާޒުކޮށެވެ. އަދި ހަމަލާދިން ވަގުތަކީ އެއާޕޯޓުގައި މަތިންދާބޯޓުތަކެއް ޕާކުވެސް ކޮށްފައި އޮތް ވަގުތެއް ނަމަވެސް އެއްވެސް މަތިންދާބޯޓަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް އަދި ކޮށްފައި ނުވެއެވެ.

އިސްރާއީލުން މިއަދު އިރާނުގެ އެކި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު އިރާނުން ޝަހީދުވި މީހުންގެ އަދަދުވެސް ދަނީ މަތިވަމުންނެވެ. އެގޮތުން ފާއިތުވި ތިން ދުވަހުން އިރާނުގެ 120 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައިއެވެ. އިސްރާއީލުން ބުނާގޮތުގައި އިރާނަށް ހަމަލާދެމުންދަނީ އިރާނުން އިސްރާއީލަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ. އެގޮތުން އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާކަމަށާއި ހަމަލާތަކުގައި މައި އަމާޒަކީ އެތަންތަން ކަމަށް އިސްރާއީލުން ބުނެއެވެ. އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައި އިރާނުގެ ގިނަ އަދަދެއްގެ ސައިންޓިސްޓުން ވަނީ ޝަހީދުކޮށްލާފައި އެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ރައްދުގައި ފާއިތުވި ދެ ދުވަހުވެސް އިރާނުން ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައި އެވެ. ފާއިތުވި ދެ ރޭ ދިން ހަމަލާތަކުގައި މިހާތަނަށް 17 ޔަހޫދީއަކު މަރާލާފައިވާއިރު އެތައް ސަތޭކަ ޔަހޫދީންނެއް ވަނީ ޒަހަމްކޮށްލާފައި އެވެ. އެހެންފަހަަރުތަކާއި ހިލާފަށް މިއަދު އިރާނުން ވަނީ ދުވާލުގަޑީގައި އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފައި އެވެ. ނަމަވެސް އެހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ ބައެއް އަސްކަރީ މަރުކަޒުތަކަށް ކަމުން ލިބުނު ގެއްލުންތަކުގެ ތަފްސީލްތައް އިސްރާއީލުން ވަނީ ސިއްރުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside