logoEN
Sto top
އިސްރާއީލުން އިރާނަށް ހަމަލާދިނުން: 6 ނިއުކްލިއާ ސައިންޓިސްޓުން ޝަހީދުކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި

އިސްރާއީލުން އިރާނަށް ހަމަލާދިނުން: 6 ނިއުކްލިއާ ސައިންޓިސްޓުން ޝަހީދުކޮށްލާފައިވާ ކަމަށް އިރާނުން ބުނެފި

އަހުމަދު ޝުރާއު

logo

6/13/2025, 6:21:08 AM

# އިރާން-އިސްރާއިލް

އިސްރާއީލުން އިރާނަށް ދިން ހަމަލާގައި ގެއްލުންވި އިމާރާތެއް

ނިރުބަވެރި އިސްރާއީލުން މިއަދު އިރާނަށް ދިން ވަރުގަދަ ހަމަލާގައި އިރާނުގެ އެންމެ އިސް ނިއުކްލިއާ ސައިންޓިސްޓުންތަކެއް ޝަހީދުވެފައިވާ ކަމަށް އިރާނުން ކަށަވަރުކޮށްދީފި އެވެ.

Wamco

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ހަމަލާތަކުގައި ހަ ސައިންސްވެރިން ކަމަށްވާ އަބްދުލްހާމިދު މިނޫޗެރް، އަހްމަދުރެޒާ ޒޮލްފަގާރީ، ސައްޔިދު އަމީރުހުސެއިން ފަކީ، މޮޓްލަބިޒާދޭހް، މުހައްމަދު މެހްދީ ތެހެރާނީ އަދި ފެރެދޫން އައްބާސީ ޝަހީދުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޔަހޫދީންގެ ހަމަލާގައި މޭޖަރ ޖެނެރަލް ޣޫލާމް ޢަލީ ރަޝީދާއެކު އެޤައުމުގެ ރިވޮލިއުޝަނަރީ ގާޑުގެ ލީޑަރު ޙުސައިން ސަލާމީ ވެސް އަވަހާރަވެފައިވާކަން އެ އޭޖެންސީން މިހާރު ވަނީ ކަށަވަރުކޮށްދީފައި އެވެ.

އިސްރާއީލުން އިރާނަށް ހަމަލާތަކެއް ދިނީ ރޭ އިރާނު ގަޑިން ފަތިހު 03:00 ހާއިރު އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ވައިގެ ސިފައިން އިރާނުގެ ވައިގެ ސަރަހައްދަށް ޖެޓުތަކުގައި ވަދެ ހަމަލާތައް ދީފައިވަނީ އިރާނުގެ ނިއުކްލިއާ ސައިޓުތަކަށާއި އާންމުންނަށް އަމާޒުކޮށެވެ. އެގޮތުން އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ދެފަހަރެއްގެ މަތީން ހަމަލާދީފައިވާއިރު އިރާނުގެ ވެރިރަށް ތެހެރާނަށްވެސް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި އެވެ.

މި ހަމަލާއާއި ގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން ބުނީ މި ހަމަލާދިނީ އީރާނަކީ "އިޒްރޭލާއި ދުނިޔެއަށް ނުރައްކަލެއް" ކަމަށްވާތީ ކަމަށެވެ. އަދިހަމަލާ ދިނީ އިޒްރޭލުގެ ޖެޓްތަކުން ކަމަށާއި އަސްކަރީ އެކި ތަންތަނަށް ދިން ހަމަލާތަކުގެ ތެރޭގައި، އީރާނުން އެ ގައުމުގެ އެހެން ސަރަހައްދެއްގައި ހިންގާ ނިއުކްލިއާ ޕްރޮގްރާމަކާ ގުޅޭ ތަންތަން ވެސް ހިމެނޭ ކަމަށެވެ.

މި ހަމަލާތަކާއި ގުޅިގެން އެމެރިކާއިން ވަނީ މި ހަމަލާގައި ބައިވެރިނުވާކަމަށް ބުނެފައި އެވެ. ނަމަވެސް އިރާނުން މިހާރު ވަނީ އެމެރިކާއާއިއެކު ކުރިޔަށްދިޔަ މަޝްވަރާތައް ހުއްޓާލަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside