logoEN
Sto top
އައި.ޔޫ.އެމް އާއި ހެލްތް މިނިސްޓްރީ ގުޅިގެން ސިއްޙީ ދާއިރާއާއި ގުޅޭ ކެމްޕެއިނެއް ފަށަނީ

އައި.ޔޫ.އެމް އާއި ހެލްތް މިނިސްޓްރީ ގުޅިގެން ސިއްޙީ ދާއިރާއާއި ގުޅޭ ކެމްޕެއިނެއް ފަށަނީ

އަހުމަދު ޝުރާއު

logo

6/13/2025, 3:36:14 AM

# ހެލްތު މިނިސްޓްރީ# އައިޔޫއެމް

--

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައި.ޔޫ.އެމް) އަދި ޞިއްޙީ ވުޒާރާ ގުޅިގެން ޞިއްޙީ ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް އަމާޒުކޮށް ކެމްޕެއިނެއް ފެށުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

Wamco

މި މަޝްވަރާ ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު ހެލްތު މިނިސްޓްރީގައި އެވެ.

މި ބައްދަލުވުމުގައި، ޞިއްޙީ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު، އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ،ޑރ.ޢަލީ ޒާހިރު، ޑީން އޮފް ސްޓޫޑަންޓްސް، ޢަބްދުލް ހަފީޒް ޚާލިދް އަދި ޕްރެޒިޑެންޓް އޮފް ސްޓޫޑަންޓް ޔޫނިއަން، ހުސައިން އަރުބާން ފަވާޒް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

އައިޔޫއެމްއިން ބުނީ މިފަދަ ކެމްޕެއިނެއް އިންތިޒާމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރައްޔިތުން ޞިއްޙީ ގޮތުން ހޭލުންތެރިކުރުވުން ކަމަށެވެ.

އެގޮތުން، ލޭ ހަދިޔާކުރުން ފަދަ އާންމު ޞިއްޙަތާއި ގުޅުން ހުރި މުހިއްމު މަޢުލުމާތުތައް މި ކެމްޕެއިން މެދުވެރިކޮށް އާންމުންގެ މެދުގައި ޙިއްސާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، އައި.ޔޫ.އެމްގެ އިތުރުން އެފަދަ މަތީ ތަޢުލީމު ފޯރުކޮއްދޭ އެހެނިހެން މަރުކަޒުތަށް މެދުވެރިވެ، މި ކެމްޕެއިން ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside