-1749747391950%20(1).webp&w=3840&q=75)
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި އެއްވެސް ޤައުމަކަށް އެކަނި ކުރިމަތިނުލެވޭނެ!
# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
އެއްވެސް ޤައުމަކަށް މޫސުމަށް އަންނަ ބަދަލްތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ އެކަނި ކުރިމަތިނުލެވޭނެ ކަމަށާ ހުރިހާ ގައުމަކުންވެސް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާ އެއީ ކުރިއަށް ދެވޭނެ ހަމައެކަނި މަގު ކަމަށް ސްޓޭޓް މިނިސްޓަރ ޑރ. އަމްޒަތު އަޙްމަދު ވިދާޅުވެއްޖެ އެވެ.

ޔޫ.އެން.އޯ.ސީ 3 ގެ އޯޝަން އެކްޝަން ޕެނަލް 8 ގައި ވާހަކަދައްކަވަމުން ޑރ އަމްޒަތު ވަނީ މިފަދަ ކަންކަމުގައި އެއްބާރުލުން ދިނުމާއި އެހީތެރިވުމާ ބެހޭގޮތުން އަލިއަޅުއްވާފައި އެވެ.
އެގޮތުން އަމްޒަތު ވަނީ އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، ޒިންމާދާރުކަން ހިއްސާކުރުމުގެ މައްޗަށް ބިނާކޮށް އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި އޭނާ ވަނީ އައި.އޯ.ޓީ.ސީ އާއި، އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާސް ޕާޓްނަރޝިޕް އަދި އެހެނިހެން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި ދިވެހިރާއްޖޭގެ ލީޑަރޝިޕް ފާހަގަކުރައްވާފައެވެ. ދުނިޔޭގެ މަސްވެރިކަމާއި ތިމާވެށި ބެލެހެއްޓުމުގެ މަސައްކަތްތަކުގައި ދިވެހިރާއްޖެ މުހިންމު ދައުރު އޭނާ ފާހަގަކުރެއްވިއެވެ. އަދި ޔޫ.އެން.އެފް.ސީ.ސީ.ސީ، ކުންމިންގ މޮންޓްރިއަލް ބަޔޯޑައިވަރސިޓީ ޕްރޮޓޮކޯލް، އަދި ސައިޓިސް އާ ގުޅޭގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި ދިވެހިރާއްޖެއިން އަދާކުރާ ޙަރަކާތްތެރި ދައުރުވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުން ކުރިއެރުވުމުން ފެށިގެން ބީ.ބީ.އެން.ޖޭ އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މަޝްވަރާތަކުގައި ހަމަހަމަކަމަށް ވަކާލާތުކުރުމާ ހަމައަށް، ދިވެހިރާއްޖެއިން ޙަޤީޤީ އެއްބާރުލުމަކަށް ގޮވާލާ ކަމަށް އަމްޒަތު ވިދާޅުވި އެވެ. އެއީ ކުދި މިނުގެ މަސްވެރިކަމަށް އިސްކަންދެވި، އަދި ކުދި ޖަޒީރާ ތަރައްޤީވަމުންދާ ޤައުމުތައް ހަމައެކަނި ސްޓޭކްހޯލްޑަރުންގެ ގޮތުގައި ނޫން ކަމަށް ވިދާޅުވި އެވެ. އަދި ކަނޑާ ގުޅޭ ޙައްލުތައް އުފެއްދުމުގައި ބާނީންގެ ގޮތުގައި ދެކެވޭ އެއްބާރުލުމެއްކަމަށްވެސް ވިދާޅުވި އެވެ.
ޑރ. އަމްޒަތު ވިދާޅުވީ މިއީ އެހެންބައެއްގެ ހަނގުރާމައެއް ނޫން ކަމަށާ މިއީ އަހަރެމެން އެންމެންގެ ހަނގުރާމައެއް ކަމަށާއި ދިވެހިރާއްޖެ އޮތީ އޭގެ ދައުރު އަދާކުރުމަށް ތައްޔާރަށް ކަމަށެވެ.
ގުޅުންހުރި

ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި

40 ކުދިންނާއިއެކު ޑިސްކަވާ ޑައިވް ހަރަކާތް ކުރިއަށް ގެންގޮސްފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "މޫދު ފެސްޓު" ކުރިޔަށްދަނީ
