
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެއްބާރުލުން އިތުރުކުރުމަށް ސިންގަޕޫރާއިއެކު މަޝްވަރާކޮށްފި
# ރާއްޖެ - ސިންގަޕޫރު-
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ސިންގަޕޫރާއިއެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމް، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު އޮނަރަބަލް ޑރ. ވިވިއަން ބަލަކްރިޝްނަން އާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެވެ.
މި ބައްދަލުވުން އޮތީ މިހާރު ފްރާންސްގެ ނިސް ސިޓީގައި ފެށިގެން ކުރިޔަށްދާ އ.ދ.ގެ އޯޝަން ކޮންފަރެންސް 2025 ގެ ހަވާސާގައި އެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓަރ ޠާރިޤް އިބްރާހީމްގެ މި ބައްދަލުވުމަކީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ދިގު މުއްދަތުގެ ރަޙްމަތްތެރިކަމާއި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް އެޅުނު އިތުރު ފިޔަވަޅެއްކަމަށާއި ޚާއްޞަކޮށް ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި އިތުރު ތަޖުރިބާ ބަދަލުކުރުމަށް މި ބައްދަލުވުމުން މަގުފަހިވެގެންގޮސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓަރ ޠާރިޤް މިފަދަ މުހިންމު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ފްރާންސްގައި ކުރިއަށްދާ ޔޫއެން އޯޝަން ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ވެރިންނާއި ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގަންނަވައެވެ.
ގުޅުންހުރި

ރާއްޖެއާއި ސިންގަޕޫރާއި ދެމެދު މުހިންމު ތިން އެއްބަސްވުމެއް!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެއްބާރުލުން އިތުރުކުރުމަށް ސިންގަޕޫރާއިއެކު މަޝްވަރާކޮށްފި
.avif&w=3840&q=75)
ބުރަފައްޗެއްގައި ޖެހި ސިންގަޕޫރު ކުއްޖަކު މަރުވި މައްސަލައާއި ގުޅިގެން އެގައުމުގެ ޓީމެއް ރާއްޖޭގައި!
