
ޑިމާންޑު ބޮޑުވުމާއި އެކު އެއާ އަރަބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ދެގުނައަށް އިތުރުކުރަނީ
# އެމްއޭސީއެލް-
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ބަޖެޓު އެއާލައިނެއް ކަމަށްވާ އެއާ އަރަބިއާގެ އިން ރާއްޖެއަށް ކުރާ ދަތުރުތައް ދެގުނަ އިތުރު ކުރަން ނިންމައިފިއެވެ.

ރާއްޖޭގެ މައި އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން މިއަދު ބުނީ އެއާ އަރަބިިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް މިއަހަރުގެ ފަހުކޮޅު ދެގުނައަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ޝާރްޖާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފެށި އަގުހެޔޮ އެއާލައިނުން މިހާރު ރާއްޖެއަށް ދުވާލަކު އެއް ފްލައިޓް ބާއްވަ އެވެ. ނަމަވެސް މިއަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި ރޫޓުގައި ދުވާލަކު ދެ ފްލައިޓަށް ފުޅާކުރަން އެއާލައިނުން ނިންމާފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައި އެވެ.
މިކަމާއި ގުޅިގެން އެއާ އަރަބިއާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއަށް އެ އެއާލައިންގެ ދަތުރުތައް ދެގުނަ ކުރަން ނިންމީ ރާއްޖެފަދަ މަގުބޫލު މަންޒިލަށް ވައިގެ ދަތުރުތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާތީ ކަމަށެވެ.
އެއާ އަރަބިއާގެ ދަތުރުތައް މިދިޔަ އަހަރު ފެށުމާއިއެކު ޔޫއޭއީއަށް ދިވެހިން ދަތުރުކުރާ މިންވަރުވެސް މިހާރު ވަނި އިތުރުވެފައި އެވެ.
ގުޅުންހުރި

ވީއައިއޭގެ އައު ޓީމިނަލްގެ ޕައިޕްލައިން ސިސްޓަމް އިފްތިތާހްކޮށްފި

އައު ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފަށައިފި: ބާކީ 35 ދުވަސް!

"ޓޯ-ބަރލެސް" ޓްރަކަކާއި އެކު މައި އެއާޕޯޓުގެ ހިދުމަތްތައް އިތުރު ހަރުފަތަކަށް!
