logoEN
Sto top
އުތުރާއި މެދުރާއްޖެތެރެއަށް މިރޭވެސް ހުދު ސަމާލު!

އުތުރާއި މެދުރާއްޖެތެރެއަށް މިރޭވެސް ހުދު ސަމާލު!

އަހުމަދު ޝުރާއު

logo

6/12/2025, 3:56:26 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް މިރޭވެސް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނި ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް މިރޭގެ 20:00 އިން ދަންވަރު 02:00 ގެ ނިޔަލަށެވެ.

ހުދު ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ 09 ޖޫން 2025 ވާ ހޯމަ ދުވަހުން ފެށިގެން 5 ދުވަހަށް ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މީގެ ކުރީން ނެރުނު ބަޔާނެއްގައި ބުނެފައި އެވެ. އެގޮތުން އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޯދުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައި އެވެ.

މިއާއިއެކު އެއިދާރާއިވަނީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަވަޔާއިއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމާތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުއްވުމަށްވެސް އެދިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside