logoEN
Sto top
އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: މިހާތަނަށް މަރުވި މީހުންގެ އަދަދު 290 އިން މައްޗަށް!

އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: މިހާތަނަށް މަރުވި މީހުންގެ އަދަދު 290 އިން މައްޗަށް!

އަހުމަދު ޝުރާއު

logo

6/12/2025, 3:37:03 PM

# އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން

އިނގިރޭސިވިލާތަށް ދިޔުމަށް ދަތުރުފެށިތާ އިރުކޮޅެއްގެ ތެރޭގައި އެއާ އިންޑިއާގެ މަތިންދާބޯޓެއް އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 290 އިން މައްޗަށް އަރައިފި އެވެ.

Wamco

ރޮއިޓާސް ނިއުސް އެޖެންސީން އަހްމަދުއާބާދުގެ ފުލުހުންގެ އިސް އޮފިޝަލަކާއި ހަވާލާދީ ދާދި ދެންމެ އަކު ރިޕޯޓުކުރި ގޮތުގައި މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 290 އަށް ވުރެ މައްޗަށް ވަނީ އަރާފައި އެވެ.

އެގޮތުން ބޯޓު ވެއްޓުނު އިރު ބޯޓުގައި 242 މީހުން ތިބި އިރު މިހާތަނަށް ސަލާމާތްވި ކަން ކަށަވަރުވެފައިވަނީ އެންމެ މީހެކެވެ. އަދި ބޯޓު ވެއްޓުނީ ގިނަ ރެސިޑެންޝަލް އިމާރާތްތަކެއް ހުންނަ މޭގަނީ ނަގަރުގެ މެޑިކަލް ކޮލަޖެއްގެ ހޯސްޓަލް އިމާރާތެއްގެ މައްޗަށެވެ. މިއާއި އެކު އެވަގުތު އެ ހޯސްޓަލްގައި ތިބި މީހުންނާއި އެސަރަހައްދުގައި ދެން ގެއްލުން ލިބުނު އިމާރާތްތަކުގެ ބައެއް މީހުން ވެސް މަރުވެފައިވާ ކަމަށް ދަނީ ރިޕޯޓުކުރަމުންނެވެ.

މި ހާދިސާގައި ޒަހަމްވި އެތައް ސަތޭކަ ބަޔަކަށް މިހާރުވެސް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ. އަދި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މަރުވި މީހުން ކަށަވަރުކުރުމަށް މިހާރު ދަނީ އެމީހުންގެ އާއިލާތަކުގެ ޑީއެންއޭ ސާމްޕަލްތައް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގައި އިންޑިއާގެ 169 ފަސިންޖަރުންނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ 53 މީހަކާއި ކެނެޑާގެ މީހަކާއި ޕޯޗުގަލްގެ ހަތް ފަސިންޖަރުން ތިބި ކަމަށް އެއާއިންޑިއާއިން ވަނީ ބުނެފައި އެވެ.

އިންޑިއާގެ ހަބަރުތައް އެންމެ ތާޒާކަންމަތީ ގެނެސްދޭ އޭޝިއަން ނިއުސް އިންޓަނޭޝަނަލް، އޭއެންއައި އިން ރިޕޯޓުކުރާގޮތުގައި އެއާ އިންޑިއާގެ މަތިންދާބޯޓެއް މިއަދު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެވެ. ވެއްޓުނު އޭއައި 171 އަކީ އަހްމަދުއާބާދު އެއާޕޯޓުން ފުރައިގެން ލަންޑަނުގެ ގެޓްވިކަށް ދިޔުމަށް ދަތުރުފެށި ފްލައިޓެއް ކަމަށްވެސް އޭއެންއައި އިން ބުނެއެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުނީ 2 ޕައިލެޓުންނާއި 10 ކެބިން ކްރޫން ހިމެނޭ މި ބޯޓު ވެއްޓުނު އިރު ޖުމުލަ 242 މީހުން ތިބިކަމަށެވެ. އަދި މި މަތިންދާބޯޓުގެ ކޮމާންޑް ކުރަމުން ދިޔައީ ކެޕްޓަން ސުމިތު ސަބަރްވާލް އާއި ފަސްޓް އޮފިސަރު ކްލައިވް ކުންޑާރު ކަމަށްވެސް ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside