.jpg&w=3840&q=75)
އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: ބޯޓުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް ސަލާމަތްވީ އެންމެ މީހެއް!
# އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުންމިހާދިސާގައި ސަލާމާތްވި ހަމައެކަނި ޕަސެންޖަރު ، ވިޝްވާޝް ކުމާރު ރަމޭޝަށް ހޮސްޕިޓަލުގައި ފަރުވާދެނީ
އިނގިރޭސިވިލާތަށް ދިޔުމަށް ދަތުރުފެށިތާ އިރުކޮޅެއްގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުން މިވަގުތާއި ހަމައަށް ސަލާމާތްވީ އެންމެ މީހެއް ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެފި އެވެ.

ބޯޓު ވެއްޓުނު އަހްމަދުއާބާދުގެ ޕޮލިސް ކޮމިޝަނަރު ޖީއެސް މަލިކް މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހިނގި ހާދިސާގައި ބޯޓުގައި ތިބި ޕަސެންޖަރުންނާއި ކްރޫއިންގެ ތެރެއިން މިހާތަނަށް ސަލާމާތްވެފައިވަނީ އެންމެ މީހެއް ކަމަށެވެ. އެގޮތުން ސަލާމާތްވީ ބޯޓުގެ 11 އޭ ސީޓުގައި އިން ފިރިހެނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާއަށް މިހާރު ފަރުވާދެމުންދާއިރު ބޯޓު ވެއްޓުނު ހާދިސާއިން ސަލާމާތްވުމަށްފަހު އޭނާ އަމިއްލައަށް ހިނގާފައި އެމްބިއުލާންސްއަށް އަރަންދާ މަންޒަރު ފެންނަ ވިޑިއޯއިން އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއިން މިރޭ ވަނީ އާންމުކޮށްފައި އެވެ.
މިހާދިސާގައި ސަލާމާތްވީ އިންޑިއާއަށް އުފަން ނަމަވެސް މިހާރު އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮތް ވިޝްވާޝް ކުމާރު ރަމޭޝްއެވެ.
އިންޑިއާގެ ހަބަރުތައް އެންމެ ތާޒާކަންމަތީ ގެނެސްދޭ އޭޝިއަން ނިއުސް އިންޓަނޭޝަނަލް، އޭއެންއައި އިން ރިޕޯޓުކުރާގޮތުގައި އެއާ އިންޑިއާގެ މަތިންދާބޯޓެއް މިއަދު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެވެ. ވެއްޓުނު އޭއައި 171 އަކީ އަހްމަދުއާބާދު އެއާޕޯޓުން ފުރައިގެން ލަންޑަނުގެ ގެޓްވިކަށް ދިޔުމަށް ދަތުރުފެށި ފްލައިޓެއް ކަމަށްވެސް އޭއެންއައި އިން ބުނެއެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުނީ 2 ޕައިލެޓުންނާއި 10 ކެބިން ކްރޫން ހިމެނޭ މި ބޯޓު ވެއްޓުނު އިރު ޖުމުލަ 242 މީހުން ތިބިކަމަށެވެ. އަދި މި މަތިންދާބޯޓުގެ ކޮމާންޑް ކުރަމުން ދިޔައީ ކެޕްޓަން ސުމިތު ސަބަރްވާލް އާއި ފަސްޓް އޮފިސަރު ކްލައިވް ކުންޑާރު ކަމަށްވެސް ވަނީ ބުނެފައި އެވެ.
ވެއްޓުނު ބޯޓަކީ ބޮއިންގ ގެ 787 ޑްރީމްލައިނާއެކެވެ.
އިންޑިއާގެ ބައެއް ރިޕޯޓުތައް ބުނާގޮތުގައި ބޯޓު ވެއްޓުނު ހާދިސާގައި ޕަސެންޖަރުންތައް ސަލާމަތްވުމުގެ ފުރުސަތު ކުޑައެވެ. އަދި މި ބޯޓު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓު ކައިރީގައި ހުރި އިމާރާތްތަކެއްގެ މައްޗަށެވެ. އެހެން ކަމުން މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުންހުރި

އެއާއިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގު ރަސްމީކޮށް ފަށައިފި

އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: ބޯޓުގައި އިންނެވި ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު މަރުވިކަން ކަށަވަރުވެއްޖެ

އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް ހިތާމަފާޅުކުރައްވައިފި
