
ފުނަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިިން ށ. ފުނަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތާކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ށ. ފުނަދޫގައި މަސައްކަތްކުރާ ފުލުހުން މިމަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހ. ސާޖް / މާލެ، ޢަބްދުﷲ މުޙައްމަދު ޙަބީބް (44އ) އެވެ.
މި އޮޕަރޭޝަނުުގައި އޭނާ ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ އާރުޓީއެލް ފެރީ ޓާމިނަލް ކައިރިންނެވެ. އަދި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ފުނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

މަޖީދީ މަގުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވްކޮށް އުޅަނދު ދުއްވި ފަރާތަށް ފިޔަވަޅު އަޅަނީ: މިއަދު އެކަނިވެސް 42 އުޅަނދު ޓޯވްކުރި!

ފުނަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޓަރޕޯލްގެ އިންފޮސްޓީލަރ ކްރެކްޑައުން އޮޕަރޭޝަންގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ
