logoEN
Sto top
މާލޭގެ ފިހާރައަށް ވަދެ، ވަޅި ބިރުދައްކައި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވައިފި

މާލޭގެ ފިހާރައަށް ވަދެ، ވަޅި ބިރުދައްކައި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވައިފި

އަހުމަދު ޝުރާއު

logo

6/12/2025, 11:15:39 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ “ޕަރާއޯ” ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި އެފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

Wamco

މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ 15:13 އެހާކަންހާއިރު މީހަކު އިސްކަންދަރުމަގު މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ “ޕަރާއޯ” ފިހާރައަށް ވަދެ ވަޅިން ބިރުދައްކައި ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ޖޫން 12 ވަނަ ދުވަހުއެވެ.

މިމައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހ. ރެދަން / މާލެ، ފަވާޒު ކަޅުތުއްތު (36އ) ގެ މައްޗަށެވެ. މި މައްސަލައާ ގުޅިގެން ފަވާޒް ކަޅުތުއްތު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މެއި 13 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފަވާޒް ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside