logoEN
Sto top
މަޖީދީ މަގުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވްކޮށް އުޅަނދު ދުއްވި ފަރާތަށް ފިޔަވަޅު އަޅަނީ: މިއަދު އެކަނިވެސް 42 އުޅަނދު ޓޯވްކުރި!

މަޖީދީ މަގުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވްކޮށް އުޅަނދު ދުއްވި ފަރާތަށް ފިޔަވަޅު އަޅަނީ: މިއަދު އެކަނިވެސް 42 އުޅަނދު ޓޯވްކުރި!

އަހުމަދު ޝުރާއު

logo

6/12/2025, 6:27:34 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

މަޖީދީ މަގު: ފޮޓޯ - އައްޑޫ ލައިވް

މާލޭގެ މަޖީދީ މަގުގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވްކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Wamco

ފުލުހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ މަޖީދީ މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ .

އަދި މިގޮތަށް ޓޯވކުރެވޭ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުންކަމަށް ފުލުހުން ބުނެއެވެ. މިގޮތުން މިއަދު މަޖީދީމަގުން ދެ ފުރޮޅުލީ ( ސައިކަލް ) 37 އުޅަނދާއި ހަތަރު ފުރޮޅުލީ ( ކާރު/ ޕިކްޕް) 5 އުޅަނދު ޓޯވްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިފައި އެވެ.

އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން އެއްބާރުލުން ދޭކަން ފާހަގަކޮށް ފުލުހުންގެ ބަޔާނުގައި ވަނީ ޝުކުރުއަދާކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside