logoEN
Sto top
ދި ހެލެނިކް ރިޕަބްލިކްގެ އައު ސަފީރު، ރައީސަށް މަޤާމުގެ ފަތްކޮޅު އަރުވައިފި

ދި ހެލެނިކް ރިޕަބްލިކްގެ އައު ސަފީރު، ރައީސަށް މަޤާމުގެ ފަތްކޮޅު އަރުވައިފި

އަހުމަދު ޝުރާއު

logo

6/12/2025, 1:09:58 PM

# ރައީސް މުއިއްޒު

--

ދި ހެލެނިކް ރިޕަބްލިކްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ އަލިކި ކޫޓްސޮމިޓޮޕޫލޫ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

Wamco

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ދި ހެލެނިކް ރިޕަބްލިކްގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ސަފީރަށް މަރުޙަބާވިދާޅުވެފައެވެ. އެއަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރެވިދާނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމާއި، ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

އަދި ދެ ޤައުމަށްވެސް ފައިދާކުރަނިވި ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ހުރި އިތުރު ފުރުޞަތުތައް ހޯދުމަށް ގާތުން މަސައްކަތްކުރުމަށް ގަސްދުކުރައްވާކަން ދެ ބޭފުޅުންވެސް ވަނީ ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެ އާއި ގްރީސް އާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 17 ސެޕްޓެމްބަރު 1983 ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside