logoEN
Sto top
އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: ބޯޓުގައި އިނގިރޭސިވިލާތުގެ 53 މީހުން ތިބި!

އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: ބޯޓުގައި އިނގިރޭސިވިލާތުގެ 53 މީހުން ތިބި!

އަހުމަދު ޝުރާއު

logo

6/12/2025, 9:50:10 AM

# އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން

--

އިނގިރޭސިވިލާތަށް ދަތުރުފެށިތާ އިރުކޮޅެއްގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގައި ތިބި ޕަސެންޖަރުންގެ ބައެއް ތަފްސީލްތައް ހާމަކޮށްފި އެވެ.

Wamco

އިތުބާރުހުރި ބައެއް މަސްދަރުތަކާއި ހަވާލާދީ ރޮއިޓާސް އިން ބުނީ މިއަދު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުގައި އިންޑިއާގެ 169 ފަސިންޖަރުންނާއި އިނގިރޭސިވިލާތަށް ނިސްބަތްވާ 53 މީހަކާއި ކެނެޑާގެ މީހަކާއި ޕޯޗުގަލްގެ ހަތް ފަސިންޖަރުން ތިބި ކަމަށެވެ.

އިންޑިއާގެ ހަބަރުތައް އެންމެ ތާޒާކަންމަތީ ގެނެސްދޭ އޭޝިއަން ނިއުސް އިންޓަނޭޝަނަލް، އޭއެންއައި އިން ރިޕޯޓުކުރާގޮތުގައި އެއާ އިންޑިއާގެ މަތިންދާބޯޓެއް މިއަދު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެވެ. ވެއްޓުނު އޭއައި 171 އަކީ އަހްމަދުއާބާދު އެއާޕޯޓުން ފުރައިގެން ލަންޑަނުގެ ގެޓްވިކަށް ދިޔުމަށް ދަތުރުފެށި ފްލައިޓެއް ކަމަށްވެސް އޭއެންއައި އިން ބުނެއެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުނީ 2 ޕައިލެޓުންނާއި 10 ކެބިން ކްރޫން ހިމެނޭ މި ބޯޓު ވެއްޓުނު އިރު ޖުމުލަ 242 މީހުން ތިބިކަމަށެވެ. އަދި މި މަތިންދާބޯޓުގެ ކޮމާންޑް ކުރަމުން ދިޔައީ ކެޕްޓަން ސުމިތު ސަބަރްވާލް އާއި ފަސްޓް އޮފިސަރު ކްލައިވް ކުންޑާރު ކަމަށްވެސް ވަނީ ބުނެފައި އެވެ.

ވެއްޓުނު ބޯޓަކީ ބޮއިންގ ގެ 787 ޑްރީމްލައިނާއެއް ކަމަށް އެއާއިންޑިއާއިން ވަނީ ދާދި ދެންމެ އަކު ކަށަވަރުކޮށްދީފައި އެވެ.

އިންޑިއާގެ ބައެއް ރިޕޯޓުތައް ބުނާގޮތުގައި ބޯޓު ވެއްޓުނު ހާދިސާގައި އެއްވެސް މީހަކު ސަލަމާތްވި ކަމަކަށް ނުބެލެވެއެވެ. އަދި މި ބޯޓު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓު ކައިރީގައި ހުރި އިމާރާތްތަކެއްގެ މައްޗަށެވެ. އެހެން ކަމުން މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބޮޑު ރެސްކިއު އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައި އެވެ. އަދި އެ އޮޕަރޭޝަނަށް އެހީވުމަށް އިންޑިއާގެ އަސްކަރިއްޔާގެ ޓީމެއްވެސް ވަނީ އަހްމަދުބާދަށް ޑިޕްލޯއި ކޮށްފައެވެ.

ބޯޓު ފުރީ އިންޑިއާ ގަޑިން މިއަދު 1:38 ގައި ކަމަށާއި ބޯޓު ފުރިތާ އިރުކޮޅެއްގެ ތެރޭގައި ޓަވަރަށް " މޭޑޭ" ކޯލެއް އައިކަމަށް އޮފިޝަލުން ބުނެއެވެ. އަދި މޭޑޭ ކޯލަށް ޓަވަރުން ޖަވާބު ދިން ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި ބޯޓު ވެއްޓުނީ ކަމަށް އޮފިޝަލުން ވަނީ ބުނެފައި އެވެ.

މި ހާދިސާއާއި ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވާއިރު ހާދިސާގެ ބޮޑު ތަހުގީގެއް ފެށުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިހާރު ވަނީ ކަމާބެހޭ ފަރާތްތަކަށް އަމުރުކުރައްވާފައި އެވެ. އަދި އިންޑިއާގައި ދާހިލީ ވަޒީރާއި އޭވިއޭޝަން ވަޒީރު މިހާރު ގެންދަވަނީ ހާދިސާ ހިނގި ސަރަހައްދަށް ދިޔުމަށް މަސައްކަތް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC