logoEN
Sto top
އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: ބޯޓު ވެއްޓުނީ ރެސިޑެންޝަލް އޭރިއާއަކަށް، ބައެއް އިމާރާތަށް އަނދާ އަޅިއަށް!

އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: ބޯޓު ވެއްޓުނީ ރެސިޑެންޝަލް އޭރިއާއަކަށް، ބައެއް އިމާރާތަށް އަނދާ އަޅިއަށް!

އަހުމަދު ޝުރާއު

logo

6/12/2025, 9:28:15 AM

# އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން

-

242 ޕަސެންޖަރުންނާއި އެކު ދަތުރުކުރަމުންދަނިކޮށް މިއަދު އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނީ ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

Wamco

އިންޑިއާގެ ޑިރެކްޓްރޭޓް އޮފް އެއާވާދިނަސް އިން ދާދި ދެންމެ އަކު ބުނީ ބޯޓު ވެއްޓުނީ ގިނަ ރެސިޑެންޝަލް އިމާރާތްތަކެއް ހުންނަ މޭގަނީ ނަގަރަށް ކަމަށެވެ.

މިހާދިސާގެ ބައެއް މަންޒަރުތައް މިހާރު އިންޑިއާގެ ޓީވީތަކުން ލައިވްކޮށް ދައްކަމުންދާއިރު ބޯޓު ވެއްޓުމާއި ގުޅިގެން ބައެއް އިމާރާތްތަކުގައި ރޯވެ ބޭނުންނުކުރެވޭ ވަރު ވަނީ ވެފައި އެވެ.

View post on Twitter

އިންޑިއާގެ ބައެއް ރިޕޯޓުތައް ބުނާގޮތުގައި ބޯޓު ވެއްޓުނު ހާދިސާގައި އެއްވެސް މީހަކު ސަލަމާތްވި ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ބޮޑު ރެސްކިއު އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައި އެވެ. އަދި އެ އޮޕަރޭޝަނަށް އެހީވުމަށް އިންޑިއާގެ އަސްކަރިއްޔާގެ ޓީމެއްވެސް ވަނީ އަހްމަދުބާދަށް ޑިޕްލޯއި ކޮށްފައެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުނީ 2 ޕައިލެޓުންނާއި 10 ކެބިން ކްރޫން ހިމެނޭ މި ބޯޓު ވެއްޓުނު އިރު ޖުމުލަ 242 މީހުން ތިބިކަމަށެވެ. އަދި މި މަތިންދާބޯޓުގެ ކޮމާންޑް ކުރަމުން ދިޔައީ ކެޕްޓަން ސުމިތު ސަބަރްވާލް އާއި ފަސްޓް އޮފިސަރު ކްލައިވް ކުންޑާރު ކަމަށްވެސް ވަނީ ބުނެފައި އެވެ.

ވެއްޓުނު ބޯޓަކީ ބޮއިންގ ގެ 787 ޑްރީމްލައިނާއެއް ކަމަށް އެއާއިންޑިއާއިން ވަނީ ދާދި ދެންމެ އަކު ކަށަވަރުކޮށްދީފައި އެވެ.

ބޯޓު ވެއްޓުނީ ބޯޓު ފުރިތާ ފަސްމިނެޓު ފަހުން ކަމަށް އިންޑިއާގެ އޭވިއޭޝަން އޮފިޝަލުން ބުނެއެވެ. އެގޮތުން ބޯޓު ފުރީ އިންޑިއާ ގަޑިން މިއަދު 1:38 ގައި ކަމަށާއި ބޯޓު ފުރިތާ އިރުކޮޅެއްގެ ތެރޭގައި ޓަވަރަށް " މޭޑޭ" ކޯލެއް އައިކަމަށް އޮފިޝަލުން ބުނެއެވެ. އަދި މޭޑޭ ކޯލަށް ޓަވަރުން ޖަވާބު ދިން ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި ބޯޓު ވެއްޓުނީ ކަމަށް އޮފިޝަލުން ވަނީ ބުނެފައި އެވެ.

މި ހާދިސާއާއި ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވާއިރު ހާދިސާގެ ބޮޑު ތަހުގީގެއް ފެށުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިހާރު ވަނީ ކަމާބެހޭ ފަރާތްތަކަށް އަމުރުކުރައްވާފައި އެވެ. އަދި އިންޑިއާގައި ދާހިލީ ވަޒީރާއި އޭވިއޭޝަން ވަޒީރު މިހާރު ގެންދަވަނީ ހާދިސާ ހިނގި ސަރަހައްދަށް ދިޔުމަށް މަސައްކަތް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside