logoEN
Sto top
އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: އެއްވެސް މީހަކު ސަލާމަތްވި ކަމަކަށް ނުބެލެވޭ!

އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: އެއްވެސް މީހަކު ސަލާމަތްވި ކަމަކަށް ނުބެލެވޭ!

އަހުމަދު ޝުރާއު

logo

6/12/2025, 9:12:25 AM

# އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން

-

242 ޕަސެންޖަރުންނާއި އެކު ދަތުރުކުރަމުންދަނިކޮށް ވެއްްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Wamco

އިންޑިއާގެ ހަބަރުތައް އެންމެ ތާޒާކަންމަތީ ގެނެސްދޭ އޭޝިއަން ނިއުސް އިންޓަނޭޝަނަލް، އޭއެންއައި އިން ރިޕޯޓުކުރާގޮތުގައި އެއާ އިންޑިއާގެ މަތިންދާބޯޓެއް މިއަދު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓު ކައިރިއަށެވެ. އެގޮތުން ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓް އޭއައި 171 އަކީ އަހްމަދުއާބާދު އެއާޕޯޓުން ފުރައިގެން ލަންޑަނަށް ދިޔުމަށް ދަތުރުފެށި ފްލައިޓެއް ކަމަށްވެސް އޭއެންއައި އިން ބުނެއެވެ.

އިންޑިއާގެ ބައެއް ރިޕޯޓުތައް ބުނާގޮތުގައި ބޯޓު ވެއްޓުނު ހާދިސާގައި އެއްވެސް މީހަކު ސަލަމާތްވި ކަމަކަށް ނުބެލެވެއެވެ. އަދި މި ބޯޓު ވެއްޓުނީ ސަރުދާރު ވަލްލްބާއީ ޕަޓޭލް އަހްމަދުއާބާދު އެއާޕޯޓު ކައިރީގައި ހުރި އިމާރާތްތަކެއްގެ މައްޗަށެވެ. އެހެން ކަމުން މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް އެފަދައިން ބުނި ނަމަވެސް މި ހާދިސާއާއި ގުޅިގެން ދާދި ދެންމެ އަކު އެއާއިންޑިއާއިން ބަޔާނެއް ނެރެފައިވާއިރު އެބަޔާނުގައި ބުނީ ހާދިސާގައި އަނިޔާވި މީހުން ހޮސްޕިޓަލްތަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ކަމާބެހޭ ފަރާތްތަކުން ބޮޑު ރެސްކިއު އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައި އެވެ. އަދި އެ އޮޕަރޭޝަނަށް އެހީވުމަށް އިންޑިއާގެ އަސްކަރިއްޔާގެ ޓީމެއްވެސް ވަނީ އަހްމަދުބާދަށް ޑިޕްލޯއި ކޮށްފައެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުނީ 2 ޕައިލެޓުންނާއި 10 ކެބިން ކްރޫން ހިމެނޭ މި ބޯޓު ވެއްޓުނު އިރު ޖުމުލަ 242 މީހުން ތިބިކަމަށެވެ. އަދި މި މަތިންދާބޯޓުގެ ކޮމާންޑް ކުރަމުން ދިޔައީ ކެޕްޓަން ސުމިތު ސަބަރްވާލް އާއި ފަސްޓް އޮފިސަރު ކްލައިވް ކުންޑާރު ކަމަށްވެސް ވަނީ ބުނެފައި އެވެ.

ވެއްޓުނު ބޯޓަކީ ބޮއިންގ ގެ 787 ޑްރީމްލައިނާއެއް ކަމަށް އެއާއިންޑިއާއިން ވަނީ ދާދި ދެންމެ އަކު ކަށަވަރުކޮށްދީފައި އެވެ.

ބޯޓު ވެއްޓުނީ ބޯޓު ފުރިތާ ފަސްމިނެޓު ފަހުން ކަމަށް އިންޑިއާގެ އޭވިއޭޝަން އޮފިޝަލުން ބުނެއެވެ. އެގޮތުން ބޯޓު ފުރީ އިންޑިއާ ގަޑިން މިއަދު 1:38 ގައި ކަމަށާއި ބޯޓު ފުރިތާ އިރުކޮޅެއްގެ ތެރޭގައި ޓަވަރަށް " މޭޑޭ" ކޯލެއް އައިކަމަށް އޮފިޝަލުން ބުނެއެވެ. އަދި މޭޑޭ ކޯލަށް ޓަވަރުން ޖަވާބު ދިން ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި ބޯޓު ވެއްޓުނީ ކަމަށް އޮފިޝަލުން ވަނީ ބުނެފައި އެވެ.

މި ހާދިސާއާއި ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވާއިރު ހާދިސާގެ ބޮޑު ތަހުގީގެއް ފެށުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިހާރު ވަނީ ކަމާބެހޭ ފަރާތްތަކަށް އަމުރުކުރައްވާފައި އެވެ. އަދި އިންޑިއާގައި ދާހިލީ ވަޒީރާއި އޭވިއޭޝަން ވަޒީރު މިހާރު ގެންދަވަނީ ހާދިސާ ހިނގި ސަރަހައްދަށް ދިޔުމަށް މަސައްކަތް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside