
އަނިޔާ ލިބޭ އަންހެނުންނަށް އިތުރު "ޑޮމެސްޓިކް ވައިލެންސް ޝެލްޓާ" ތަކެއް ތައްޔާރުކުރަނީ
# އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ-
އަނިޔާ ލިބޭ އަންހެނުންނަށް އިތުރު ވަގުތީ ހިޔާތަކެއް ތައްޔާރުކުރަމުންދާ ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު، ޑރ. ޢައިޝަތު ޝިޙާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ބެހޭ ގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. އެގޮތުން، "ޑޮމެސްޓިކް ވައިލެންސް ޝެލްޓާ"ގެ ނަމުގައި އިތުރު ތިން ޝެލްޓާތަކެއް ތައްޔާރުކުރަމުންދާ ކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިވަގުތު ރާއްޖޭގައި މިފަދަ ހާލަތްތަކަށް ޤާއިމުކުރެވިފައި ހުރީ އެންމެ ހިޔާއެއް ކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، އެ ވުޒާރާއަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދަށް ބަލާއިރު މުޖުތަމަޢަށް މިފަދަ އިތުރު ތަންތަން ބޭނުންވާ ކަމުގައި ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
"މިހާރު ރާއްޖޭގައި ހުރީ އެންމެ ހިޔާއެއް. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ނަމްބަރުތަކަށް ބަލާއިރު މުޖުތަމައަށް އެބަ ބޭނުންވާކަން މިކަހަލަ ތަންތަން" މިނިސްޓަރ ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ އޭޕްރިލް މަހުގައި ވެސް މި ވުޒާރާއަށް ވަނީ އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކުގެ 40 މައްސަލައެއް ހުށަހަޅާފައެވެ.
ގުޅުންހުރި

ޔުނިސެފް އާއި ގުޅިގެން އޯޓިޒަމްއާ ބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކޯސްތަކެއް
-1755775822515.webp&w=3840&q=75)
މޯލްޑިވިއަން ޖެންޑަރ އިކުއަލިޓީ މޮޑެލް އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފި
