logoEN
Sto top
ވާނުވާ ބަންދުގައި ތިބި 9 މީހަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލައިިފި: ޝަރުތު ހަމަނުވާތީ 20 މީހަކަށް ފުރުސަތު ނުލިބުނު!

ވާނުވާ ބަންދުގައި ތިބި 9 މީހަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލައިިފި: ޝަރުތު ހަމަނުވާތީ 20 މީހަކަށް ފުރުސަތު ނުލިބުނު!

އަހުމަދު ޝުރާއު

logo

6/11/2025, 4:38:23 PM

# ޕީޖީ އޮފީސް

-

އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އެޅުވުމަށްފަހު މިހާތަނަށް 9 މީހަކު ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އިން ހާމަކޮށްފިއެވެ.

Wamco

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ތަރުޖަމާން، އަހުމަދު ޝަފީއު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، ދޫކޮށްލަން އެދި ޕީޖީ އޮފީހަށް ޖުމްލަ 121 ފޯމެއް ހުށަހަޅާފައި ވެއެވެ.

އެގޮތުގެ މަތިން ފުލުހުންގެ އެސެސްމަންޓު ހެދުމަށްފަހު، އޭގެ ތެރެއިން 20 މީހަކު ދޫނުކުރަން ނިންމާފައިވާއިރު މިހާތަނަށް ދޫކޮށްލަން ނިންމައިފައި ވަނީ، ޖުމުލަ 9 މީހެކެވެ.

މިހާތަނަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި ދޫކޮށްލުމަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން އެސެސްމަންޓް ނުހަދާ 92 ފޯމް ޕެންޑިންގައި އޮތް ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޕީޖީ އޮފީހުން މީގެ ކުރީން ބުނެފައިވާގޮތުގައި މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއިދެވޭނީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަކަށް ހަމަޖެހިފައެއް ނުވާކަންވެސް ވަނީ ފާހަގަކޮށްފައި އެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކުރެވިފައިވާއިރު، މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ އެއޮފީހުގެ އަމާޒަކީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ޙައްލެއް ގެނައުން ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside