
-
މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނާއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި މިދިޔަ މޭ މަހު ކުރިޔަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި އައިޝަތު ޝިމަން އަހުމަަދާއި އަބްދުﷲ މަހްޒޫމް މާޖިދުގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި އެވެ.

ޕީގީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 1 މޭ 2025 ދުވަހު މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާ ތެރޭގައި ޖިނާއީ ކުށުގެ ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ނ. ކުޑަފަރީ، ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދުގެ މައްޗަށް ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ އަދި ކ. މާލެ މ. ހަސްތީ، ޢާއިޝަތު ޝިމަން އަޙްމަދުގެ މައްޗަށް ޤާނޫނު ތަންފީޛްކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ 25 ޖޫން 2025 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ނަމަވެސް ދަޢުވާތައް މުރާޖަޢާކުރުމަށްފަހު މި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެއޮފީހުން މިފަދައިން ނިންމާފައިވަނީ އެ ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތަތީއާއި، މި މީހުންގެ ޢަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީއާއި، މި ކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބާއި، މައްސަލައިގެ ހާދިސާގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ޓެކުހަށް މަކަރުހެދި ކުންފުނިތަކާއި ދެ ޑޮކްޓަރުންގެ މައްޗަށް ދައުވާ ކުރަން ކޯޓަށް: ޕީޖީން އެދެނީ އެންމެ ބޮޑު އަދަބު ދޭން!

ޕީ.ސީ.އާރ ޓެސްޓިންގ އިން އެންމެ ބޮޑަށް ފައިދާލިބުނު ދެކުންފުނީން ޓެކުހަށް މަކަރުހެދިކަމުގެ ތުހުމަތު: ޑރ އިކްލީލް އާއި ޑރ ލަތީފަށް ދައުވާކޮށްދޭން އެދެފި

ފަޒުލް އަދި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައެއްނުވޭ: ޕީޖީ

.gif&w=3840&q=75)



