
ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޔާތަކެއް: އިތުރު ފަރުވާއަށް އައްޑޫއަށް!
# ފުވައްމުލައް ސިޓީފުވައްމުލައް ސިޓީ:- ގާފު ފޮޓޯ
ފުވައްމުލައް ސިޓީގައި ރޭ މާރާމާރީއެއް ހިނގައިފި އެވެ.

ފުލުހުން މިއަދު ބުނީ ފުވުއްމުލައް ސިޓީގައި މީހެއްގެ ގައިގައި ޖަހައި މާރާމާރި ހިންގާފައިވާ މައްސަލަ ރޭ 20:54 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މާރާމާރީގައި އަނިޔާވެފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. މިގޮތުން އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު ބޭރުފުށުން ފެންނަން ހުރި އަނިޔާތަކުގެ ތެރޭގައި ނޭފަތާއި އަނގަމަތި ފަޅައިގެން ގޮސް ކަނާތު ކޯމަތި ދުޅަވެ އިތުރު ކުދި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި އޭނާއަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށް މިހާރު އައްޑޫ ސިޓީއަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ފުވައްމުލައް ސިޓީގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޔާތަކެއް: އިތުރު ފަރުވާއަށް އައްޑޫއަށް!

ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީއަށް ބޭނުންވާ ތަކެތި ފުވައްމުލައް ކައުންސިލާއި ހަވާލުކޮށްފި
